1240
Connecting People to the Major Scholars of the Ummah! Quran & Sunnnah as understood by the Companions (رضي الله عنهم) https://salafi.mv
ވަކި ވަގުތެއް ބެލުމެއް ނެތި، ތަކްބީރު ކިޔުމުގެ ވަޤުތު ބައްދަލުކޮށްފި އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 25
ޙައްޖުމަހުގެ ހަނދު ފެނުމާއެކު މުޠްލަޤުކޮށް (ވަކި ވަޤުތަކަށް ޚާއްޞަކުރުމެއްނެތި) ކިޔާ ތަކްބީރު ކިޔަން ފެށުނީ އެވެ.
އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކިޔުމަށް ކަނޑައެޅިފައިވާ ތަކްބީރެވެ.
رَسُول الله ޙަދީޘް ކުރައްވާފައިވެ އެވެ.
(مَاأَهَلَّ مُهِلُّ قَط، وَلاَ كَبَّرَ مُكبِّرٌ قَط، إلاَّ بُشِّرَ بالجنةِ)
”ސުވަރުގޭގެ އުފާވެރި ޚަބަރު ނުދެއްވި, ތަހްލީލު ކިޔާ އެއްވެސް މީހަކު ތަހްލީލެއް ނުކިޔާނެ އެވެ.
އަދި ސުވަރުގޭގެ އުފާވެރި ޚަބަރު ނުދެއްވި ތަކްބީރު ކިޔާ އެއްވެސް މީހަކު ތަކްބީރެއް ނުކިޔާނެތެވެ.“
صحيح الجَامِع 5569
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لاَ إِله إِلا الله وَاللهُ أَكبَر اللهُ أَكْبَرُ، و لِله الحَمدُ
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لا إله إلاّ الله، و اللهُ أَكْبَرُ، اللهُ أَكْبَرُ، ولله الحمد
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 22
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 20
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 20
Читать полностью…
މިރޭގެ ކުލާސް 8:30 ގައި އޮންލައިންކޮށް
Читать полностью…
[އޭގެ ފަޟްލުގެ ބޮޑުކަމާއި މެދުގައި ވިސްނާލުންވެ އެވެ. ފަހެ، ފަރުވާކުޑަ ކޮށްލުން ނުވެ އެވެ.]
އަލް-ޙާފިޟް ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ.
"ދެންފަހެ، ޙައްޖުމަހުގެ ދިހަ ދުވަހުގައި ކުރާ ސުންނަތް އަޅުކަންތައް ރަމަޟާން މަހުގެ ފަހު ދިހައިގައި ކުރާ ސުންނަތް އަޅުކަންތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ.
އަދި ހަމައެފަދައިން ޙައްޖުމަހުގެ ދިހަ ދުވަހުގައި ކުރާ ފަރުޟު އަޅުކަންތައް ގުނަތަކަށް އިތުރުވެގެންދަނީ އެ ނޫން ދުވަސްތަކުގައި ކުރާ ފަރުޟު ޢަމަލުތައް ގުނަތަކަށް އިތުރުވެދާ މިންވަރަށް ވުރެ ބޮޑަށެވެ." فتح البـاري - 92-6
🔊 NEW AUDIO RELEASE
🔖 154 Rasoolaage ﷺ Siyarat Class
🎙 by Sheikh Abu Anas Mohamed Hassan (حفظه الله)
🎧 Listen https://on.soundcloud.com/KktADUH4Cwbzl2G3Fe
https://us02web.zoom.us/j/86160491695?pwd=pkvoSbqkosENpkzm9I1CLIYocUlime.1
Читать полностью…
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަށް ވުރެ މާތް ކަން ބޮޑުވެގެންވާ ދުވަސްތަކެވެ.
Читать полностью…
މިފަދަ ދުވަސްތަކެއް ބައްދަލު ކުރުމަށް މިވަނީ ކުޑަތަން ވެފަ އެވެ.
ވުމާއެކު، އެކި ބާވަތްތަކުގެ އަޅުކަންތަކުން މި ދުވަސްތަކުގެ ބޭނުން ހިފުމަށް ޢަޒްމު ކަނޑައަޅަން ޖެހެ އެވެ.
ޙައްޖުމަހުގެ ދިހަ ދުވަސް 07
ކުލާސް ވަޤުތުން އަޑުއެހުމަށް :
https://us02web.zoom.us/j/81106478952?pwd=JREBuxy2txPWv5oW79ORBj8J7JZouv.1
ޙައްޖުމަހުގެ ދިހަ ދުވަސް 05
Читать полностью…
އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ ނަޢަމް ސޫފީގައި ސިފަތަކެއް ހުންނަން ޖެހެ އެވެ. އެހެން ނޫނީ އެ ނަޢަމް ސޫފި އުޟްޙިއްޔާގެ ގޮތުގައި ހުއްދަނުވާނެ އެވެ.
އުޟްޙިއްޔާ ޤުރުބާން ކުރުން 22
އުޟްޙިއްޔާ ޤުރުބާން ކުރުން 21
Читать полностью…
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 24
[ޙައްޖުމަހުގެ ދުވަސްތަކުގެ ޘަވާބު ހޯދުމަށް ބަޔާންވެގެންވާ ޢަމަލުތަކުގެ ތެރޭގައި]
ކުރިއަށް މިއޮތް ދުވަސްތަކުގައި، ހެޔޮކަމާއި ޘަވާބަށް ކުރެވޭނެ އެންމެ މަތިވެރި އެއް ޢަމަލަކީ، އެންމެހައި ވަޤުތުތަކެއްގައި ތަކްބީރު ކިޔުމެވެ.
ابنُ عمرَ އަދި أبو هريرةَ -رضي الله عنهم- އަރިހުން ރިވާކުރެވިގެންވެ އެވެ. (كان ابنُ عمرَ وأبو هريرةَ يخرجانِ إلى السوقِ في أيامِ العشرِ يُكبرانِ ويكبرُ الناسُ بتكبيرِهما)
”ޙައްޖުމަހުގެ ދިހަ ދުވަސްތަކުގައި ابن عُمَر އަދި أَبُو هُرَيْرَة މަދީނާގެ ބާޒާރުތަކަށް ނުކުމެވަޑައިގަންނަވަ އެވެ. އަދި އަޑުހަރުކޮށް ތަކްބީރު ވިދާޅުވެ އެވެ.
އަދި އެހެނިހެން މީސްތަކުންވެސް (އެ ތަކްބީރު ވިދާޅުވާ އަޑުއަހައި) ތަކްބީރު ވިދާޅުވެ އެވެ.“
إرواء الغليل 651 ، صحيح
ތަކްބީރު ކިޔުމަށް މީސްތަކުންނަށް ހަނދާން ކޮށްދިނުމަށްޓަކައި މީސްތަކުން ގިނަ ތަންތަނަށް ވަޑައިގެން މި ދުވަސްތަކަކީ ތަކްބީރު ކިޔުމަށް ޚާއްޞަވެގެންވާ ދުވަސްތަކެއްކަން ބަޔާން ކޮށްދިނުމެވެ.
އެއްވެސް ޙާލެއްގައި ޖަމާޢަތް ހަދައި އެއް-އަޑަކުން ތަކްބީރު ކިޔުމެއް ނޫނެވެ.
މި ދުވަސްތަކުގައި ގޭގައި، ސަވާރީ މަތީގައި، އިށީދެއިނުމާއި އޮށޯވެ އޮތުމުގައި، ވަޒީފާގެ މަިދާނުގައި، އެންމެހައި ވަޤުތު ތަކުގައި ގިނައިން ތަކްބީރު ކިޔުން ޢާދަކުރުން ހުއްޓެވެ.
ތިޔަ އަޚުންނާއި އުޚްތުންގެ ޙައްޖުމަހުގެ ވަޤުތުތައް އެންމެ އެދެވިގެންވާ ގޮތުގައި ހޭދަ ކުރުމުގެ ތަޥްފީޤު ﷲ ދެއްވާށި އެވެ.
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 21
[މީސްތަކުންވަނީ މި މަތިވެރި ދުވަސްތަކުގެ މަތިން ޣާފިލުވެފަ އެވެ.]
العلامة ابن العُثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
"ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މައްޗަށް މީސްތަކުންވަނީ ޣާފިލުވެފަ އެވެ. ފަހެ، ޢިލްމު އުނގެނުމުގައިވާ ދަރިވަރުންނަށް އޮތީ ޢާންމު މީސްތަކުންނަށް މި ދުވަސްތަކުގެ މަތިވެރިކަން ބަޔާންކޮށްދިނުމެވެ." مجموع الفتاوى 25-189
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 19
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 18
[މިއުޒިކާއި ލަވައަކީ - ފާސިޤުންގެ އެއްޗެކެވެ.]
އިމާމް مالك -رحمه الله- އަރިހުގައި މިއުޒިކް އާ މެދު ސުވާލު ކުރެވުނެވެ.
ފަހެ، ވިދާޅުވި އެވެ. "ހަމަކަށަވަރުން އަހަރުމެންގެ ތެރޭގައި އެކަން ކުރަނީ ފާސިޤުންނެވެ."
الجامع للقيرواني ص: 262
ސަޢުދީ ޢަރަބިއްޔާއަށް ޙައްޖުމަހުގެ ހަނދު ފެނި ޘާބިތުވެއްޖެ އެވެ.
ވުމުން މާދަމާ 28 މެއި 2025 އަކީ މި އަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަހެވެ.
ޙައްޖުމަހުގެ ދުވަސްތަކުގެ ހެޔޮކަމާއި ދަރުމަ ހޯދުމަށް މަސައްކަތް ކުރުމުގެ ތަޥްފީޤު ﷲ އަޅަމެނަށް ދެއްވާށި އެވެ.
ޙައްޖުމަހުގެ ދިހަ ދިހަ ދުވަސް 08
Читать полностью…
[ނަމާދު އަޅާ މީހާގެ މައްޗަށް އޮތް ޢުޤޫބާތަކީ އޭނާ ޤަތުލުކޮށް މަރާލުމެވެ.]
الشيخ الإمام رَبِيع بن هَادي -حفظه الله- އަރިހުގައި ސުވާލު ކުރެވުނެވެ.
ނަމާދު ނުކުރާ މީހާ ޤަތުކޮށްލެވެނީ ކީއްވެ ތޯ އެވެ؟
ޖަވާބު : ސަބަބަކީ، ނަމާދަކީ (ޞަޙާބީ) معاذ ގެ ހަދީޘްގައިވާ ފަދައިން އިސްލާމް ދީނުގެ ތަނބެވެ. ފަހެ، ނަމާދަކީ ނުހަނު މުހިންމުވެގެންވާ ޢަޅުކަމެކެވެ.
ނަބިއްޔާ . ހަދީޘް ކުރެއްވި އެވެ. (من ترك الصلاة فقد كفر) "ނަމާދު އަޅައިފި މީހާ، ފަހެ ހަމަކަށަވަރުން ކާފަރު ވެއްޖެ އެވެ."
އިސްލާމް ދީނުގެ ތަނބުގެ ގޮތުގައި ކަނޑައެޅިފައިވާ ރުކުނުގެ މައްޗަށް ފަރުވާކުޑަކޮށް އިހުމާލު ވެވޭނީ ކިހިނަކުން ހެއްޔެވެ! ފަހެ، އެހެން ވުމުން، ނަމާދު ނުކުރާ މީހާއާ ދެކޮޅަށް ހަނގުރާމަ ކުރެވި އޭނާ ޤަތުލު ކުރެވެ އެވެ." المجموع 2-197
ހެޔޮ ޢަމަލުތައް ކުރުމަށް މިފަދަ މާތް ދުވަސްތައް ފަދަ އެެހެނިހެން ދުވަސްތަކެއް ނުވެ އެވެ.
ޙައްޖުމަހުގެ ދިހަ ދުވަސް 06
ފަރުޟު އަޅުކަންތަކަށް ފަހު، އަޅާ އެ އަޅުކަމެއްގައި މަޝްޣޫލު ވުމަށް އެންމެ ހެޔޮވެގެންވާ އަޅުކަމަކީ ޛިކުރު ކުރުމުގައި ދެމިހުރުމެވެ.
Читать полностью…
[ޛިކުރުތައް ވާކަން ކަށަވަރީ ދަގަނޑު ދަހަނާތަކެއް ގޮތުގަ އެވެ.]
الشيخ صالح بن محمد اللحيدان -رحمه الله- ވިދާޅުވެފައިވެ އެވެ.
"ޛިކުރު ތަކަކީ އިންސާނާ ދަނގަޑު ދަހަނާގެ ގޮތުގައި ހަށިގަނޑު (ރައްކާތެރިކުރުމަށް) ބޭނުން ކުރާ ތަކެއްޗެވެ. ފަހެ، އޭނާއަށް ކުރިމަތިވާ އެތައް ގެއްލުން ތަކުން އޭނާ ރައްކާތެރިކޮށްދެ އެވެ." شرح كتاب التوحيد ٤
[ނަމާދަށް ބަންގި ގޮވާ މީހާ حي على الصلاة -ނަމާދަށް އަވަހަށް އަންނާށެވެ- ގޮވަނީ ކީއްވެ ހެއްޔެވެ؟]
الشيخ أ.د. ربيع بن هَادِي -حفظه الله- ވިދާޅުވެފައިވެ އެވެ.
"މިއީ ވަރަށް މުހިންމުވެގެންވާ މައްސަލައެކެވެ. ފަހެ، ތިޔަބައިމީހުން މުސްލިމުންނާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކާތެރިވުން ހުއްޓެވެ. ބަންގިގޮވާ މީހާ އެފަދައިން ގޮވަނީ ކީއްވެ ހެއްޔެވެ؟
ތިބާއަށް "حي على الصلاة." މިފަދައިން ގޮވަނީ ކީއްވެ ހެއްޔެވެ؟
އެ ބުނެވެނީ، "ތިބާ އަވަހަށް އަންނާށެވެ. އަވަސްވެގަންނާށެވެ. ނަމާދަށް ކުރިމަތިލުން ހުއްޓެވެ." المجموع 15- 277
ޗެނަލްއަށް ފޮނުވާފައިވާ ސުވާލު އަދި ޖަވާބު :
ސުވާލު : ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވޭ ތޯ އެވެ؟
ޖަވާބު :
ވުޟޫގެ ސުންނަތް ކުރުމަށް ވަކި އަވަސް ވަޤުތެއް ބުނާކަށް ނެތެވެ؛ އެެހެނަސް އެއީ ވުޟޫ ކުރުމަށްފަހު އެމީހަކު ކުރާ 2 ރަކުޢަތް ސުންނަތް ނަމާދެކެވެ.
އެ ރަކުޢަތް ކުރުމަށް މުސްތަޙައްބުވެގެންވަނީ ވުޟޫކޮށް އަވަދިވުމާ އެކުގަ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މިފަދައިން ހަދީޘް ކުރައްވާފައި ވުމުންނެވެ.
(مَا مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ وَيُصَلِّي رَكْعَتَيْنِ يُقْبِل بِقَلْبِهِ وَوَجْهِهِ عَلَيْهِمَا إِلاَّ وَجَبَتْ لَهُ الْجَنَّةُ) "އެއްވެސް މީހަކު ވުޟޫކޮށް، ފަހެ ވުޟޫ އެންމެ ހެޔޮވެގެންވާ ގޮތުގައި ކުރުމާއެކު ދެ ރަކުޢަތް ނަމާދެއް އޭނާގެ ހިތާއި ހަށިގަނޑާއި (ނަފްސު) ﷲ އަށް ކުއްތަން ކުރާ ޙާލުގައި ކޮށްފިހިނދު، އޭނާއަށް ސުވަރުގެ ވާޖިބުވެ މެނުވީ ނުދާނެ އެވެ." މި ޙަދީޘް އިމާމް مسلم (234) ރިވާ ކުރެއްވި އެވެ.
އަދިވެސް އިމާމް البخاري (160) އަދި مسلم (226) ޞަޙާބީ عُثْمَانَ بْن عَفَّانَ -رَضِيَ اللَّهُ عَنْهُ - އަރިހުން ރިވާކޮށްފައިވެ އެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) ”ތިމަން ނަބިއްޔާގެ ވުޟޫއާ އެއްގޮތަކަށް މީހަކު ވުޟޫ ކުރުމަށް ފަހު، ދެން ދެ ރަކުއަތުގެ ނަމާދެއްކޮށް، އެ ދެ ރަކުއަތުގައި އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ނުދައްކައިފި ނަމަ، -ވަސްވާސްތަކަށް ސަމާލުކަން ނުދީ، ދުނިޔެވީ ކަންކަމާމެދު ނުވިސްނާ، އިޚްލާސްތެރިކަމާއެކު ނަމާދުކޮށްފިހިނދު - ފަހެ އެ މީހަކަށް ކުރެވިފައިވާ ފާފަތައް، އޭނާއަށްޓަކައި ފުއްސެވިގެން ދާނެއެވެ.“
މި ހަދީޘްތަކުގައި ވުޟޫކުރުމާއި ގުޅިގެން ވާރިދުވެގެންވާ ޢަރަބި ލަފްޒަކީ ثُمَّ (އެއަށްފަހު) މިފަދައިންނެވެ.
އެހިނދު މާނަކުރެވެނީ އެއީ ވުޟޫ ކުރުމަށްފަހު، ވުޟޫކޮށް އަވަދި ވުމަށްފަހު ކުރުމަށް އޮތް ސުންނަތުގެ ޢަމަލެއް ކަމެވެ.
الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ. "ފަހެ، ޙަދީޘްއިން ބަޔާންވެގެންވަނީ 2 ރަކުޢަތުގެ ނަމާދު ވުޟޫ ކުރުމަށްފަހު، ކުރުން މުސްތަޙައްބުވެގެންވާކަމެވެ،"
الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. "ވާރިދުވެގެންވާ ޞައްޙަ ޙަދީޘްތަކުން (ބަޔާންވެގެންވަނީ) ވުޟޫ ކޮށް އަވަދި ވުމާއެކު، މި ދެރަކުޢަތް ކުރުން މުސްތަޙައްބުވެގެންވާކަމެވެ." المجموع شرح المهذب (3 /545)
އިމާމް شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. "ވުޟޫ ކޮށް އަވަދި ވުމާއެކު ދެރަކުޢަތް ކުރުން މުސްތަޙައްބުވެގެންވެ އެވެ. އަދި އެއީ (ނަމާދު ކުރުން) ނަހީ ކުރެވިގެންވާ ވަޤުތު ކަމުގައިވީނަމަވެސް އެވެ. މިފަދައިން الشافعي ވިދާޅުވެފައިވެ އެވެ." الفتاوى الكبرى (5 / 345)
ވުމުން ޚުލާޞާއަކީ : ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުން ކަނޑައެޅިފައިވަނީ ވުޟޫކޮށް އަވަދި ވުމާއެކުގަ އެވެ. ވުޟޫ ކުރުމަށްފަހު، ވަޤުތުތަކެއް ފާއިތުވެ ވުޟޫގެ ސުންނަތް ކުރުން ލަސްވެއްޖެހިނދު، އެމީހަކަށް އެހިނދު އެވަނީ އެ ވަޤުތު ފާއިތުވެފަ އެވެ. والله أعلم