salafimv | Unsorted

Telegram-канал salafimv - Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

1240

Connecting People to the Major Scholars of the Ummah! Quran & Sunnnah as understood by the Companions (رضي الله عنهم) https://salafi.mv

Subscribe to a channel

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އެއީ އުއްމަތަށް ފާޅުވި ބޮޑެތި ދަންމަރު ފަދަ، ޢިލްމީ ފަރުބަދަތައް ފަދަ ބޭކަލުންނެވެ.

އެހެނަސް ޙަޔާތްޕުޅުގައި ޙައްޖުގެ މަތިވެރި އަޅުކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވި އެވެ. އެފަދަ ބައެއް ބޭކަލުންނަކީ:

1) ابن حزم (ދުނިޔެ ދޫކުރެއްވީ 456).
2) ابن سيده (ދުނިޔެ ދޫކުރެއްވީ 458).
3) ابن عبد البر (ދުނިޔެ ދޫކުރެއްވީ 463).
4) القاضي عياض (ދުނިޔެ ދޫކުރެއްވީ 544).
5) ابن رجب (ދުނިޔެ ދޫކުރެއްވީ 795).
6) الشوكاني (ދުނިޔެ ދޫކުރެއްވީ 1250)
7) البغوي، (ދުނިޔެ ދޫކުރެއްވީ 516)

އެބޭކަލުން ދޫކޮށްފައިވާ ޢިލްމަކީ އޭގެ ފަހުގައި ފާޅުވި މީސްތަކުންނަށް ބަޔާން ނުކޮށްދެވޭނެފަދަ ޚަޒާނާ އެކެވެ. އަގު ނުކުރެވޭ ފަދަ މުދާތަކެކެވެ.

އުޚްރަވީ ޙަޔާތުގެ މަގު ބަޔާންކޮށްދިން އެތައް އަގުހުރި ފިލާވަޅުތަކެކެވެ.

އެއީ އަގު ކުރެވޭ ވަރުގެ ޢިލްމެއް ނޫނެވެ. ވުމުން، އެބޭކަލުންނަށް އޮތް ޤަދަރާއި އިޚްތިރާމާއި އަދި ފަޟުލުގެ ބޮޑުކަމުން މިއަދު ސައުދީ ޢަރަބިއްޔާގެ މުފްތީ، سماحة الشيخ عبد العزيز آل الشيخ -حفظه الله ގެ އަރިއަހުން ޛިކުރު ކުރެވިގެންވެ އެވެ.

(އަހުލުއް ސުންނަތުގެ ޙާފިޟުންނާއި، އިމާމުވެރި ބޭފުޅުންގެ ތެރެއިން) الحَافِظ ابن رَجَب، الحَافِظ النووِي،
الإِمَام المُنذِرِي، الإِمَام ابن حَزم އަދި الإِمَام ابن عَبد البَر -رحمهم الله - މި އެންމެހައި ޢިލްމުވެރިންނަށް
ޝެއިޚް حفظه الله ވަނީ ބަދަލުގައި ޙައްޖުކޮށްދެއްވާފަ އެވެ.

މިއީ ސުންނަތުގެ އަހުލުވެރިން ސުންނަތުގެ އިމާމުންނަށް ހިތްޕުޅުގައިވާ ޤަދަރާއި ލޮތްބާއި މަތިވެރި ކަމެވެ. ސުންނަތުގެ އަހުލުވެރިންވަނީ އެބޭކަލުންގެ ކިބައިން ޢިލްމު ޙާޞިލްކޮށް އެއަށް ޢަމަލުކޮށް އެގޮތުގެ މަތީގަ އެވެ.

އެ ޢިލްމުވެރިން ދޫކޮށްފައިވާ ޢިލްމީ ފޮތްތަކުން ޙާޞިލްކުރާ ފަރާތްތަކަށް އެބޭކަލުންނަށް އޮތް ބޮޑުވެގެންވާ ފަޟުލު އެހިނދު އެނގިގެން ދާނެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ހެޔޮކަންތައްތަކުގައި ކުރިއަރައި ދިއުމާއި ވާދަކުރުމަށް މިފަދަ އެހެން މޫސުމެއް ކޮބައި ހެއްޔެވެ؟

{سابقوا إلى مغفرة من ربكم..} ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށް ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދާށެވެ! [الحديد 21].

{وسارعوا إلى مغفرة من ربكم..} އަދި، ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! [آل عمران 133 ]

އިމާމް ابن عثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. "އަޅުކަންތަކުގައި އިންސާނަކު އޭނާގެ ނަފްސު ފަރުވާކުޑަވެ ލަސްވުމުގައި ޢާދަ ކޮށްފިނަމަ، އެންމެހައި ހެޔޮކަންތަކުގެ މައިދާންތަކުގައި އެމީހަކު ލަސްވުމުގެ ފިތުނަވެރިކަން ﷲ އެމީހެއްގެ މައްޗަށް ފާ ކުރައްވާނެ ކަމުގެ މައްޗަށް އަހަރުމެން ބިރުވެތިވަމެވެ. مجموع فتاوى

ފަހެ، އެހިނދު އެމީހެއްގެ ޙާލަތު ވާހުށީ ކޮންފަދައަކުން ތޯ އެވެ!

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުމހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 42

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މިފަދަ ހުކުރު ދުވަހެއް މުޅި އަހަރު ތެރޭގައިވެސް ބައްދަލެއް ނުކުރާނެ އެވެ. ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގެ ދުވަހެކެވެ. ހުކުރު ދުވަހެކެވެ.

އަޖުރާއި ޘަވާބު އެންމެހައި ހެޔޮ ޢަމަލުތަކުގައި އުފުލިފައިވާނެ މިންވަރުގެ ބޮޑުކަން ވިސްނާލަން ޖެހެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 40

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރުމާއި ޙައްޖުމަހުގެ ދުވަސްތަކުގެ މަތިވެރިކަން ޙާޞިލް ކުރުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 38

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުމހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 37

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

https://abuanasmv.com/?p=1115

ޢީދު ދުވަހާއި ދިމާވީ ހުކުރު ދުވަހަކާ އެވެ. އެހިނދު ޢީދު ޖަމާޢަތަށް ޙާޟިރުވި ފަރާތަށް ލުއި ލިބިގެންވެ އެވެ. އެއީ ޙުކުރު ޖަމާޢަތަށް ޙާޟިރުވުން ދޫކޮށްލުމަށް އިޚްތިޔާރު ލިބުމެވެ. އެހެނަސް ހުކުރަށް ޙާޟިރު ނުވާނަމަ، މެންދުރު ނަމާދު ކުރަން ޖެހޭނެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މިރޭ 8:15 ގައި - އަލްޤާރިޢަ ސޫރަތުގެ ތަފްސީރު ދެވަނަ ބައި

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ގޮތުގައި ވާނީ ވަކި ވަޤުތެއްގައި ޤުރުބާން ކޮށްގެންނެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 34

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރުމަށް ތަނަވަސްކަން ލިބުމުން ނިޔަތްގަތުން - އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުން މި ޢަމަލުތައް އޭނާގެ މައްޗަށް އޮންނާނީ ޙައްޖުމަސް ވަނުމުންނެވެ. އަދި ޙައްޖުމަހުގައި ނިޔތް ގަންނަ ނަމަ، އެ ވަޤުތުން ފަށައިގެންނެވެ.[

الشَّيخ عَبد القَادر الجُنَيد حفظه الله ވިދާޅުވެފައިވެ އެވެ.


”އުޟްޙިއްޔާ ޤުރުބާން ކުރުމަށް ލަސްކޮށް ނިޔަތްގަންނަ މީހާ، މިޘާލަކަށް
ޛުލް-ޙިއްޖާ މަހުގެ 8 ވަނަ ދުވަހުގައި ނިޔަތްގަތީ އެވެ. ފަހެ، އޭނާ ނިޔަފަތި ކެނޑުމުންނާއި، އިސްތަށި އުފުރުން އަދި ހަށިގަނޑުން ހަންގަނޑު ނެއްޓުމުން އެކަހެރިވާނީ ނިޔަތްގަތް ވަޤުތުން ފަށައިގެންނެވެ.

(އުޟްޙިއްޔާ ޤުރުބާން ކުރާ މީހާ އޭނާގެ އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ކުރިން) ހަށިގަނޑުން އިސްތަށި އުފުރައިފި މީހާ ނުވަތަ
ނިޔަފަތި ކަނޑައިފިމީހާ އަދި ހަންގަނޑު ނައްޓައިފިމީހާ ވަނީ ފާފަވެރިވެފަ އެވެ.
އަދި އޭނާވަނީ ސުންނަތާއި ޚިލާފްވެފަ އެވެ.

އޭނާގެ މައްޗަށް އޮތީ ﷲ އަށް އިސްތިޣްފާރު ކުރުމެވެ.
އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ އޭނާގެ
(އެ ޢަމަލުގެ ސަބަބުން) ފިދުޔަދޭން ނުޖެހޭނެ ކަމެވެ.
އަދި މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނުވެ އެވެ.“

خطبة بعنوان: أحكام عشر ذي الحجة الأُوَل أفضلِ أيام السَّنة واغتنام أوقاتها بالأعمال الصالحة

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން]

الإمام ابن عَون -رحمه الله- ވިދާޅުވެފައިވެ އެވެ.

"محمد -އެބަހީ محمد بن سِيرِين- ޙައްޖުމަހުގެ ފުރަތަމަ 9 ދުވަސް (އެންމެހައި ދުވަސްތަކެއްގައި) ރޯދައަށް ހުންނަވަތެވެ. ފަހެ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ފާއިތުވެ އަދި އައްޔާމުއް ތަޝްރީޤްގެ ދުވަސްތައް ފާއިތުވުމުން، މައްސަރުގެ ކުރީކޮޅުގައި 9 ދުވަސް ރޯދައަށް ހުންނެވި ފަދައިން، 9 ދުވަސް ރޯދަ ނުހިއްފަވާ ހުންނަވަ އެވެ."

ابن أبي شيبة ގެ مصنف 2/300

މިތަނުގައި ޛިކުރުވެފައިވާ ތާބިޢީ محمد بن سِيرِين- އަކީ، އެތައް ގިނަ ޞަޙާބީ ބޭކަލުންނާއި ބައްދަލުވަޑައިގެންފައިވާ ބޭކަލެލެވެ. މި ތާބިޢީގެ އެ ޞަޙާބީ ބޭކަލުންގެ އަރިހުން ދަރިވަރުވަޑައިގެންނެވި ޞަޙާބީ ބޭކަލުންގެ ތެރޭގައި أبو هريرة އާއި ابن عباس - زيد بن ثابت - عمران بن الحصين - أنس بن مالك - عبد الله بن الزبير -رضي الله عنهم- ހިމެނިވަޑައިގަންނަވަ އެވެ.

ވުމާއެކު، ޙައްޖުމަހުގެ ފުރަތަމަ 9 ދުވަސް ރޯދަހިއްޕެވުން މި ތާބިޢީއަށް އެނގިވަޑައިގެން އެފަދައިން ޢަމަލު ކުރައްވާފައިވަނީ ޞަޙާބީބޭކަލުންގެ ކިބައިން ނޫން ކޮންގޮތަކުން ހެއްޔެވެ؟

ފަހެ، ވުމާއެކު ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން މިއީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކަމުގައި ކަނޑައޅެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ސުންނަތް ނަމާދުތައް ގިނަކުރުން މި ދުވަސްތަކުގައި އެދެވިގެންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 32

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އެއީ ނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ. އެބޭކަލުންނަށް ތަބަޢަވުން ހެޔޮކަން ބޮޑުވެގެންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 31

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މި ދުވަސްތަކުގައި ތަކްބީރު ކިޔުން އިތުރު ކުރުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 29

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މި ދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށްޓަކައި މަސައްކަތް ކުރުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 27

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ހަސަދަވެރިކަން - އިންސާނާގެ ހެޔޮކަންތައް އަލިފާނުން ދަރު އަންދާލާ ފަދައިން އަންދާލައި ނެތިކޮށްލަ އެވެ.]

الامام ابن العثيمين -رحمه الله-

އަރިހުގައި ސުވާލު ދެންނެވުނެވެ.

ކާފަރެއްގެ މައްޗަށް ޙަސަދަވެރި ވެވިދާނެ ހެއްޔެވެ؟

ޖަވާބު : އެއީ ކާފަރެއް ކަމުގައިވީނަމަވެސް ޙަސަދަވެރިވުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ، ޙަސަދައަކީ ﷲގެ ޤަޟާ އާއި ޤަދަރުގެ މައްޗަށް އިއުތިރާޒު ކުރެވޭ ގޮތްތަކުގެ ތެރެއިން ގޮތެކެވެ." شرح البخاري ١ / ٢٧٦

ﷲ ވަކި ކަމެއް ވަކި މީހަކަށް ލިބުމަށް އިރާދަފުޅު ކުރައްވަ އެވެ. އަދި ވަކި މީހަކަށް ވަކި އެއްޗެއް ލިބުމަށް އެކަލާނގެ ނިޔާ ކުރައްވަ އެވެ. އެއީ އެއިލާހުގެ ޙިކްމަތްވަންތަ ކަމާއި ޢަދުލުވެރިކަމުގެ ކޮޅުނެތްހާކޮޅަށް ފުރިހަމަވުމުގެ ތެރެއިންނެވެ.

އެކަމެއް ﷲ ނިޔާ ކުރައްވައި ދެއްވުމުން އެހެން އެކަމެއް ވެގެން ނުވާނެކަމަށް މަޚްލޫޤެއް ބުނުމަކީ ކޮންފަދަ ނުބައިކަން ބޮޑުވެގެންވާ ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ނިޔާގެ މައްޗަށް އިއުތިރާޒް ކުރެވޭނީ ކިހިނެތް ހެއްޔެވެ؟
ولا حول ولاقوة إلا بالله

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އުޟްޙިއްޔާ ޤުރުބާން ކުރާ މީހާއަށް، އޭނާގެ އުޟްޙިއްޔާގެ ޘަވާބާއި ދަރުމައިގައި އެދޭ ފަރާތެއް ބައިވެރި ކުރެވިދާނެކަން]

الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

"އޭނާއަށް (އުޟްޙިއްޔާ ޤުރުބާން ކުރާ މީހާއަށް) އޭގެ ޘަވާބުގައި ދިރިތިބި ފަރާތްތަކުން އަދި މަރުވެފައިވާ ފަރާތްތަކުން އޭނާ އެދޭ ބަޔަކު ބައިވެރި ކުރެވިދާނެ އެވެ."

مجموع الفتاوى 18-37

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ހެޔޮ ޢަމަލުކޮށް ކުރިއަރައި ދިއުމަށް އޮތް ދުވަސްތައް މިވަނީ ބައްދަލުކޮށްފަ އެވެ.

ވާދަވެރިކަމުގައި ކުރިއަރައިދިއުމަށް އެދޭ ނަފްސުތައް ކޮބައި ހެއްޔެވެ؟
41

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ހެޔޮ ޞާލިޙް ޢަމަލު ކުރުމަށް ދުނިޔެ މަތީގައިވާ އެންމެ މާތް ދުވަސްތަކެވެ. އޭގެ އިތުރަށް އެ ދުވަސްތަކުގެ ތެރޭގައިވާ ހުކުރު ދުވަހެވެ.

މިއަށްވުރެ ހެޔޮ ދުވަސްތަކަކީ އެހިނދު ކޮބައިތޯ އެވެ؟

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 39

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އެންމެހައި ބައިވެރިންނަށް :

މިރޭ ކުލާސް ކެންސަލް -

بوركت

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އެ ވަޤުތަށްވުރެ ކުރިންވެސް ކަތިލައިގެން ނުވާނެ އެވެ. އަދި ކަނޑައެޅިފައިވާ ވަޤުތަށްވުރެ ލަސްކޮށްވެސް ކަތިލައިގެން ނުވާނެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 36

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޙައްޖުމަހުގެ ދުވަސްތަކުގައި ތަކްބީރު ކިޔުން]

الإمَام عبد العَزيز بن باز - ވިދާޅުވެފައިވެ އެވެ.

”ދެންފަހެ، އަޟްޙާ (ޙައްޖުމަހުގެ ދުވަސްތަކުގައި) ތަކްބީރުކިޔަން ފެށެނީ ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފަށައިގެން ޛުލްޙިއްޖާ މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށެވެ.
ﷲ ގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.
(ليَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ)
” އެއީ އެބައިމީހުންނަށް ހުރި ދީނީ އަދި ދުނިޔަވީ މަންފާތަކެއް ލިބިގަތުމަށްޓަކަ އެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެބައިމީހުން ﷲގެ ންނަފުޅު ހަނދުމަކޮށް އުޅުމަށެވެ.“

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 35

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުމަހުގެ ދިހަ ދުވަހުގައި ޞާލިޙް ޢަމަލުތަކުގައި ހުރުން ކަނޑައެޅިފައިވަނީ ޖިހާދު ކުރުމަށްވުރެ ހެޔޮވެގެންވާ ޢަމަލެއް ގޮތުގަ އެވެ.

الإمام الْأَوْزَاعِيُّ -رَحِمَهُ اللهُ - ވިދާޅުވެފައިވެ އެވެ،

"އަހުރެންނަށް ޚަބަރު ލިބިފައިވަނީ، ހަމަކަށަވަރުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރެއިން ދުވަހެއްގައި ކުރާ ޢަމަލު ﷲގެ މަގުގައި ކުރާ ޖިހާދަކާ އެއްފަދަވެގެންވާ ކަމެވެ. އެ ދުވަސްތަކުގެ ދުވާލުގައި ރޯދައަށް ހުރުމާއި ރޭގަނޑު ވަޤުތުގައި އަޅުކަމުގައި ވުމެވެ. (މި އަޖުރަށް ވުރެ ބޮޑު އަޖުރެއް ހަމައެކަނި ހޯދާ މީހަކީ) ޖިހާދުގެ މައިދާނުގައި އެމީހެއްގެ ނަފްސު ޤުރުބާންކޮށްފި މީހާ އެވެ." شُعَبُ الْإِيمَانِ 3-300

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 33

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ކުލާސް ވަޤުތުން އަޑުއެހުމަށް :

https://us02web.zoom.us/j/87157336039?pwd=O9L1bct1btDtrmVJ5QawwbVlkLjSka.1

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ﷲއަށްޓަކައި ހޭދަކުރުން -ޞަދަޤާތް ދިނުން ހެޔޮކަންބޮޑީ ޙައްޖުމަހުގެ ފުރތަމަ ދިހަ ދުވަހުގަ އެވެ.]

الإمام ابن العُثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގައި ޞަދަޤާތް ކުރުމަށްވުރެ ޙައްޖުމަހުގެ ދިހަ ދުވަހުގައި ޞަދަޤާތް ކުރުން ﷲގެ ޙަޟުރަތަށް ލޮބުވެތިކަން ބޮޑުވެގެންވެ އެވެ."

اللقاء الشهري

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވިގެންވާ ގޮތުގައި ހޯދުމަށް ތަކްބީރު ކިޔުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 30

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 28

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މި ދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށްޓަކައި މަސައްކަތް ކުރުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 26

Читать полностью…
Subscribe to a channel