1240
Connecting People to the Major Scholars of the Ummah! Quran & Sunnnah as understood by the Companions (رضي الله عنهم) https://salafi.mv
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 50
Читать полностью…
🔊 NEW AUDIO RELEASE
🔖 20 Class Nawaqid al Islaam ge sharaha
🎙 by Sheikh Abu Anas Mohamed Hassan (حفظه الله)
🎧 Listen Here
https://on.soundcloud.com/rOw1qUkHUNQdcanWWT
]އާޔަތުލް ކުރުސީގެ މާތްކަން[
الامام ابن باز- رحمه الله- ވިދާޅުވެފައިވެ އެވެ.
«ނިދާ ހިނދުގައި އާޔަތުލް ކުރުސީ ކިޔުމަކީ، ސިޙުރުން އަދި ޝައިތާނާގެ ކިބައިން ސަލާމަތްކަން ހާސިލްވާނެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.»
نور على الدرب ٣-٢٩٥
[އާއިލާއަކަށް އުޟްޙިއްޔާގެ ގޮތުގައި އެއް ނަޢަމް ސޫފި ކަތިލުމުން ފުދޭނެ އެވެ.]
ޞަޙާބީ أبو أيوب الأنصاري -رضي الله عنه- ވިދާޅުވެފައިވެ އެވެ. "އަހަރެމެން އުޟްޙިއްޔާއަށް އެއް ކންބަޅި ޤުރުބާން ކުރަމެވެ. އެއީ މީހަކު އޭނާއަށާއި އޭނާގެ އަހުލުބައިތުންގެ މައްޗށް ޤުރުބާން ކުރާ އުޟްޙިއްޔާއެއްގެ ގޮތުގަ އެވެ."
الموطأ - إمام مالك
އެބަހީ އެމީހަކު އަދި އެމީހަކު ބެލެހެއްޓުމުގައިވާ އެންމެހައި ފަރާތްތަކުގެ މައްޗަށް އެއް ކަންބަޅި- ބަކަރި- ގެރި- ޖަމަލު- ޤުރުބާން ކުރުމުން ފުދޭނެ ކަމެވެ.
الإمام ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
"އާއިލާއެއްގެ ގޮތުގައިވެ އެއް ގެ އެއްގައި ދިރިއުޅޭ ކަމުގައިވާނަމަ، އެބައިމީހުންނަށް އެއް އުޟްޙިއްޔާ ޤުރުބާން ކުރުމުން ފުދޭނެ އެވެ.
ދެންފަހެ، ކޮންމެ ދަރިއެއް ވަކިން ވަކި ގެއެއްގައި ދިރިއުޅޭނަމަ، އެއިން ކޮންމެ ބަޔަކަށް އުޟްޙިއްޔާއެކެވެ. އެބައިމީހުންގެ ބައްޕަ ޤުރުބާން ކުރާ އުޟްޙިއްޔާ އެބައިމީހުންނަށް ނުފުދޭނެ އެވެ."
الفتاوى 25-41
އަދިވެސް އެހެން މަޤާމެއްގައި ޝެއިޚް ވިދާޅުވެފައިވެ އެވެ.
ސުވާލު : ތިން ބެއިން އެއް ގެއެއްގައި ދިރިއުޅެމުން ދެ އެވެ. ކޮންމެ މީހަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި އެއިން ކޮންމެ މީހަކު މަސައްކަތްކޮށް އާމްދަނީ ހޯދަ އެވެ. ފަހެ، އެބައިމީހުން އެއް އުޟްޙިއްޔާ ކަތިލުމުން ފުދޭނެ ހެއްޔެވެ؟ ނުވަތަ ކޮންމެ އާޢިލާއަކަށް އޮތީ ވަކި އުޟްޙިއްޔާއެއް ޤުރުބާން ކުރުން ހެއްޔެވެ؟
ޖަވާބު : "އެބައިމީހުންގެ ކެެއްކުމާއި، ކެއިން ބުއިމަކީ އެކައްޗެއް ކަމުގައިވެއްޖެހިނދު، ފަހެ، އެއް އުޟްޙިއްޔާ ޤުރުބާން ކުރުން ފުދެ އެވެ. އެންމެ ޢުމުރުން ދޮށީ ފަރާތް އޭނާގެ އަމިއްލަ ނަފްސަށް އަދި އެ ގޭގައި ދިރިއުޅޭ އެންމެންގެ މައްޗަށް ޤުރުބާން ކުރުމުން ފުދޭނެ އެވެ.
ދެންފަހެ، އެއިން ކޮންމެ އާޢިލާއެއްގެ ކެއުމާއި ބުއިންވަނީ އެބަޔަކަށް ޚާއްޞަވެގެންވާ ގޮތުގައިވެއްޖެހިނދު، މާނައީ : ކައްކައި ހެދުމަށް ޚާއްޞަ (ބަދިގެ) ހުރެ އެވެ. އެހިނދު ކޮންމެ މީހަކު އޭނާއަށް ޚާއްޞަ އުޟްޙިއްޔާއެއް ޤުރުބާން ކުރުން ހުއްޓެވެ. ސަބަބަކީ، އެކަކު އަނެކަމު ކައްކާއި ކެއުމާއި ބުއިމުގައި އަނެކަކާއި ބައިވެރި ނުވެ އެވެ."
سلسلة اللقاء الشهري، 34
[މުސްލިމަކަށް ޝީޢީ (ޝިޔަޢިން) ތެރެއިން މީހަކާ ކައިވެނި ކުރުން ޙަލާލެއް ނުވާނެ]
الشيخ صالح اللحيدان -رحمه الله :
ސުވާލު : ސުންނަތުގެ އަހުލުވެރިންގެ ތެރޭގައިވާ އަންހެނަކު، ޝީޢީ ފިރިހެނަކާ ކައިވެނި ކުރެވިދާނެ ހެއްޔެވެ؟
ޖަވާބު : ނޫނެކެވެ. ޙަލާލެއް ނުވާނެ އެވެ. އެ ޝީޢީންނަކީ ބޮޑު ޝިކުރު ހުއްދަކޮށްފައިވާ ބައެކެވެ. އެމީހުން يَاحُسين! ޔާ ޙުސައިން! يا علي! ޔާ ޢަލީ! يافَاطِمة! ޔާ ފާޠިމާ! މިފަދައިން (އެ ޤަބުރުތަކުގައިވާ އަހުލުވެރިންނަށް ގޮވައި ކަންކަމަށް އެދެތެވެ.)
ފަހެ، މިއީ އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލުތަކުގެ ގޮތުގައި ސުންނަތުގެ އަހުލުވެރިން ދަނެ އެވެ. މިފަދަ ފިރިހެނަކާ ސުންނަތުގެ އަންހެނަކު ކައިވެނިކުރުން، ކުފޫ ހަމަވުން ހުރިހައި ގޮތަކުން ނަފީވެގެންވެ އެވެ."
[އުއްމަތުގެ ސަލަފުއް ޞާލިޙުންނާއި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް]
”عيسى بن علي بن عبد الله بن عباس-رحمه الله- "ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި (އެބަހީ 9 ދުވަހުގައި) ރޯދައަށް ހުންނަވަ އެވެ.“
المنتظم - لإبن الجوزي 7-322
[އުއްމަތުގެ ސަލަފުއް ޞާލިޙުންނާއި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް]
”سعيد بن جبير -رحمه الله- މި ދުވަސްތަކާ ބައްދަލުވުމުން، އަމިއްލަ ނަފްސުފުޅަށް ކުޅަދާނަ ނުވާ މިންވަރަށް އަޅުކަންތައް ކުރެއްވުމުގައި ބާރުއަޅުއްވާ މަސައްކަތްޕުޅު ކުރައްވަ އެވެ.“
شرح البخاري -لإبن رجب 15-9
މިއީ އުޟްޙިއްޔާ ޤުރުބާން ކުރުމެއް ނޫނެވެ. މިއީ ކަންބަޅި އާއި ބަކަރި އާއި ގެރި އަދި ޖަމަލު ކަތިލުމެވެ.
އޭގެ މަސް ބޭނުމުގައި، ގިނަ ބަޔަކު އެއްވެ ކަތިލާ ސިފަ އެވެ.
ﷲ ޝަރުޢު ކުރައްވާފައިވާ އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ސިފަ އެއް ނޫނެވެ.
ޙައްޖުމހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 46
[ނަމާދު ނުކުރާ މީހަކާއި ކައިވެނި ކޮށްގެން ނުވާނެ އެވެ. އެއީ ނަމާ ކުރަންޖެހޭ ކަމެކެވެ.]
الإمام ابن باز-رحمه الله- ވިދާޅުވެފައިވެ އެވެ.
"ނަމާދު ނުކުރާ ފިރިހެނަކާ ކައިވެނިކޮށްދިނުން ހުއްދައެް ނުވާނެ އެވެ. އެންމެހައި އަންހެނުންގެ ބަލަދުވެރިންނަށް ވަޞިއްޔަތް ކުރަނީ ﷲ އަށް ބިރުވެތިވުމަށާއި އެބައިމީހުންގެ ބެލެހެއްޓުމުގެ ދަށުގައިވާ އަންހެނުންގެ މައްޗަށް ﷲ އަށް ބިރުވެތިވުމަށެވެ.
އެމީހަކީ ނަމާދު އަޅާ މީހެއް ކަމުގައި އެނގިފައިވާ ފަރާތަކާއި އެ އަންހެނުން ކައިވެނިކޮށްދީގެން ނުވާނެ އެވެ." نور على الدرب 20-154
[ޛިކުރު ކުރާ އަހުލުވެރިންވަނީ އެންމެހައި ހެޔޮކަމަކާއިގެން ކުރިއަރައި ގޮސްފަ އެވެ.]
ޞަޙާބީ أبوبكر الصديق -رضي الله عنه- ވިދާޅުވެފައިވެ އެވެ.
"ﷲއަށް ޛިކުރު ކުރުމުގައިވާ ފަރާތައް އެންމެހައި ހެޔޮކަންތަކާއިގެން ގޮސްފި އެވެ." شعب الإيمان 2-86
[މިފަދަ މާތް ދުވަސްތަކެއް ޛިކުރު ކުރުމުގެ އަޅުކަން ކުރުމަށް ނުލިބޭނެ އެވެ.]
-މެދުކެނޑުމެއް ނެތި ޛިކުރު ކުރުމުގެ މާތް މަތިވެރިކަން-
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ.
"ހަމަކަށަވަރުން މަގުމަތީގައި، ގޭގައި، ރަށުގައި ޤާއިމްވެ ހުންނަހިނދު، ދަތުރު ކުރާހިނދު، އަދި އެކި ބިންތަކުގައި މެދުކެނޑުމެއް ނުވާ ގޮތުގައި ޛިކުރުކުރުމަކީ، އެމީހަކަށް ޤިޔާމަތް ދުވަހު ހެކިވާނެ ތަކެތި އިތުރުވެގެންދާނެ ޢަމަލެކެވެ.
ފަހެ، ހަމަކަށަވަރުން އޭނާ ޤާއިމްވެ ހުންނަތަނާއި، ބިމާއި، ގެއާއި، ފަރުބަދަ، އެތަންތަނުގައި ހުރެ ޛިކުރު ކުރުމުގައިވާ މީހާއަށް ޤިޔާމަތް ދުވަހުގައި ހެކި ދޭނެ ތެވެ." الوابل الصيب 81
ޔާ އިޚްވާން! ޛިކުރު ކުރުން އިތުރު ކުރުން ހުއްޓެވެ.
ޙައްޖުމހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 43
[އެއްވެސް ޢަމަލެއް ނެތި ހަނު އިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟]
ތިބާ މިއަދު މިވަނީ ދުނިޔެ މަތީގައިވާ އެންމެ ހެޔޮވެގެންވާ ދުވަސްތަކުގަ އެވެ.
ހަނު އިނުމުގެ ފައިދާއެއް ނެތެވެ. އެހެނަސް ތަސްބީޙަ (سبحان الله) ކިޔުމާއި ތަކްބީރު (الله أكبر) ކިޔުމާއި ތަހުލީލު (لا إله إلا الله) ކިޔުމުގައި އިނުން ހެޔޮކަން ބޮޑުވެގެންވެ އެވެ.
الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ.
”(ޤުރުއާން) ކިޔެވުމެއްނެތި، ޛިކުރު ކުރުމެއްނެތި އަދި ދުޢާއެއް ކުރުމެއްނެތި (ހަނު) ހުރުމަކީ އަޅުކަމެއް ނޫނެވެ.
އަދި މިއީ އެކަމަކަށް އަމުރުފުޅު ކުރައްވާފައިވާ ކަމެއް ނޫނެވެ.
އަދި ކިޔެއްތަ! މިއީ ވަސްވާސްއަށް ހުޅެވޭ ދޮރެކެވެ. ފަހެ، ހަނު ހުރުމަށްވުރެ ﷲއަށް ޛިކުރުކުރުން (ﷲ ހަނދުމަކުރުން) ހެޔޮކަންބޮޑުވެގެންވެ އެވެ.“
الفتاوى الكبرى 298/2
🔊 NEW AUDIO RELEASE
🔖 Umdhatul Ahkaam Sharaha Class 66 | Kithabu Salaah Part-15
🎙 by Sheikh Abu Anas Mohamed Hassan (حفظه الله)
🎧 Listen Here
https://on.soundcloud.com/IwILInirj7A312ulzN
އުޟްޙިއްޔާ ގެ އަމަލު ސުންނަތުގައި ގަދަ ވެގެންވެ އެވެ.]
سماحة الشيخ صالح_اللحيدان -رحمه الله: ވިދާޅުވެފައި ވެ އެވެ.
«އުޟްޙިއްޔާ އަކީ ސުންނަތް މުޥައްކަދާ އެކެވެ. އުޟްޙިއްޔާ ޤުރުބާން ކުރުމަށް އޭގެ އަގު (ފައިސާގެ ތަނަވަސްކަން) ލިބިފައިވާ މީހާ، އޭނާގެ ޙައްޤުގައި އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ކޮންމެ އަހަރެއްގައިވެސް ޤުރުބާން ކުރުމެވެ. އަދި އެކަން ދޫކޮށްލުމަކުން އޭނާ ފާފަވެރިއެއް ނުވާނެ އެވެ.
نور على الدرب ٤٤ |
އެއީ މުޅި އަހަރު ތެރޭ އެންމެ ގިނަ އަޅުތަކުން ނަރައިން މުއްތި ކުރެވޭ ދުވަހެވެ.
ރަމަޟާން މަހާއި ލައިލަތުލް ޤަދްރި އަދި އެނޫން ދުވަސްތަކުން ނަރަކައިން މުއްތިވެގެންވާ ޢަދަދަށްވުރެ، ޢަރަފާތް ދުވަހު އެކަނި ނަރައިން މުއްތި ކުރެވޭ ޢަދަދު ގިނަވެގެންވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 49
ވަގުތުން އަޑުއެހުމަށް :
https://us02web.zoom.us/j/84564499057?pwd=9KUd1WF5XDR2bxRPYLHaYDALY6Xj5I.1
މިރޭ -ޢިޝާ ނަމާދަށްފަހު- މަސްޖިދު ޝަހީދު ޢަލީގައި
Читать полностью…
[އުއްމަތުގެ ސަލަފުއް ޞާލިޙުންނާއި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް]
ليث بن أبي سُليم -رحمه الله- ވިދާޅުވެފައިވެ އެވެ. "مُجَاهِد ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު (އެބަހީ 9 ދުވަހު) ރޯދައަށް ހުންނަވަ އެވެ.“
مصنف ابن أبي شيبة 2-300
އުޟްޙިއްޔާ ޤުރުބާން ކުރުމުގައި ގިނަގުނަ ޙިކްމަތްތަކެއްވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 47
[އެކަލިމަތަކަށް އިންތިހާ ދަރަޖައަށް އަޅާ ޙާޖަތް ޖެހިފައިވެ އެވެ.]
شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ.
"އެމީހާގެ ބަސްތަކުގަ އާއި ޢަމަލުތަކުގައި އަދި އޭނާއަށް ލިބިގެންވާ ރިޒުޤުގެ މައްޗަށް ފަރުވާކުޑަކޮށްފައިވާ މީހާއަށް، ފަހެ އޭނާއަށް އޮތީ ތަޥްޙީދާއި ﷲ އަށް އިސްތިޣްފާރު ކުރުމެވެ. ފަހެ، އެ ދެކަމުގައި އޭގެ ޝިފާވެ އެވެ." ﺍﻟﻔﺘـﺎﻭﻯ698/11
އެމީހެއްގެ ބަސްތަކުގައި އަބަދާއި އަބަދު ޢަދުލުވެރި ޝަރުޢީގޮތުގައިވާ ދެދުނިޔޭގެ ބާއްޖަވެރި ކަމުގައިވާ ބަސްތައް ކަމުގައި ޔަޤީންކަންދޭނީ ކާކު ހެއްޔެވެ؟
ޢަމަލުތަކުގައި ފަރުވާކުޑަވެ، ކަންނެތްވެ، އަޅާލުން ކުޑަވެފައި ނުވަނީ ކާކު ހެއްޔެވެ؟
އެމީހަކު އަދާކުރަންޖެހޭ ޙައްޤުތަކުގައި އިމާލުވެފައި ނުވަނީ ކާކު ހެއްޔެވެ؟
މިއެންމެހައި ކަންތައްތަކެއްގެ އުނިކަން ފިލުވާލުމަށް އެދޭ މީހާ، ތަޥްޙީދުގެ މައުޟޫގައި ޤާއިމްވެ ތަޥްޙީދަށް އޭގެ ހައްޤު އަދާ ކުރުން ހުއްޓެވެ. އުނގެނުމާއި، ކިޔެވުމާއި، ދަސްކުރުމާއި، އޭގެ އަހުލުވެރިއެއްގެ ގޮތުގައިވުން ހުއްޓެވެ.
ކުށްްފާފަތަކަށް އިޢުތިރާފްވެ، އެ ކަމުގެ މައްޗަށް އިސްތިޣުފާރު ކުރުމަކީ އެކަން ފުހެވިގެންދިއުމުގެ ބޮޑުވެގެންވާ ސަބަބެކެވެ.
[ބަންގި އާއި ޤަމަތް ދެމެދުގައި ދުޢާ ކުރުން]
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.
(لاَ يُردُّ الدُّعَاء بَيْنَ الأَذَانِ و الإِقَامَة)
”ބަންގިއާއި ޤަމަތާ ދެމެދުގައި ކުރާ ދުޢާ ރައްދު ނުކުރެއްވޭނެ އެވެ.“
رواه أحمد في المسند (11-592)، و الترمذي في كتاب الصلاة،
باب: ماجاء في أن الدعاء لا يرد بين الأذان و الإقامة
العلامة صَالح الفَوزَان- حفظه الله- ވިދާޅުވެފައިވެ އެވެ.
"ބަންގި އާއި ޤަމަތާއި ދެމެދުގައި ދުޢާކުރުން، އެ ދެމުގައި ޤުރުއާން ތިލާވަތް ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ."
[ކީރިތި ޤުރުއާނަކީ މާއްދާއެއް ގޮތުގައި ކިޔަވާ މާއްދާއެއް ނޫނެވެ. އެއީ މަތިވެރި މާތްކޮށް ހިތުމުގައިވާ ތިލާވަތްކޮށް އަޅުކަން ކުރުމުގެ ތެރެއިން ވާ ފޮތެކެވެ.]
العلامة صالح آل شيخ -حفظه الله- ވިދާޅުވެފައިވެ އެވެ.
"ފަހެ، ޤުރުއާން މާތް މަތިވެރި ކުރުމުގެ ތެރޭގައި އެހެނިހެން މާއްދާތަކުގެ ގޮތުގައި ކިޔާ މާއްދާއެއް ފަދައިން ނަން ނުދިނުންވެ އެވެ.
އެގޮތުން، ޖިއޮޤްރަފީ މާއްދާ، އިނގިރޭސި މާއްދާ އަދި ޤުރުއާން މާއްދާ، މިއީ އެ ޤުރުއާން މަތިވެރި ނުކުރުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ." شرح الطحاوية (٢٨٧)
އެއީ ﷲގެ ކަލާމްފުޅެވެ. އެކަލާނގެ ބާވައިލެއްވި އެ އިލާހުގެ ފޮތެވެ. އެ ފޮތް ކިޔެވުމަކީ އަޅުކަމެކެވެ. އެއީ ދަރުމަ އާއި ޘަވާބު ލިބިގެންދާ ކިޔެވުމެކެވެ.
[ޙައްޖުމަހުގެ ދުވަސްތަކުގައި ތަކްބީރު ކިޔުން]
الإمام أَحمد އަރިހުގައި ސުވާލު ކުރެވުނެވެ.
ތަކްބީރު ކިޔުން އޮތީ ކޮން ސިފައެއްގައި ތޯ އެވެ؟
ވިދާޅުވި އެވެ. "ޞަޙާބީ ابن مسعود -رضي الله عنه- ގެ ތަކްބީރު ފަދައިންނެވެ. الله أكبر, الله أكبر لاإله إلا الله والله أكبر، الله أكبر ولله الحمد" جامع العلوم و الحكم ج2 ص 184
الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ.
”ހަމަކަށަވަރުން މި ޒަމާނުގައި (ޢީދުގައި ކިޔާ ތަކްބީރު) އަށް އެއްވެސް އަޞްލެއްނުވާ ގޮތުގައި އިތުރުކޮށްފައިވެ އެވެ.“فتح الباري ج 3 ص521
އަޞްޙާބު ބޭކަލުންގެ އަރިހުން ވާރިދުވެގެންވާ ސިފަ ދޫކޮށް، އެއްވެއް އަސްލެއް ނެތް ކަލިމަތަކާއި ބަސްތައް ތަކްބީރުތަކަށް އިތުރުކޮށްފައިވެ އެވެ. މިފަދައިން ކިޔާ ޖުމްލަތަށް ދޫކޮށް، އަޞްޙާބު ބޭކަލުންގެ ފަރާތުން ވާރިދުވެގެންވާ ސިފައިގައި ތަކްބީރު ކިޔުންވެ އެވެ.
ޙައްޖުމހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 45
ޙައްޖުމހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 44
[ޙައްޤު ކަނޑައެޅި އެނގި ބަޔާންވާހިނދު އެއަށް ޢަމަލު ކުރުމާ ދެމެދު ހިތުގައި ސިއްކަ ޖެހިފައިވުން]
الشيخ صالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.
"އެންމެ ބޮޑުވެގެންވާ ޢުޤޫބާތުގެ ތެރޭގައި ހިމެނިފައިވެ އެވެ. ހަމަކަށަވަރުން ތިބާއަށް އެއީ ޙައްޤުކަން އެނގި ބަޔާންވެ އެވެ. އެހެނަސް އެ ޤަބޫލުކުރުމަށް ތިބާއަށް ﷲ ތަޥްފީޤު ނުދެއްވަ އެވެ. އަދި އެ ޙައްޤުގެ މަތިން ތިބާގެ ހިތުގައި ސިއްކަޖެހިފައި ވުމެވެ."
އެއީ، ތެދުކަމާއި ޙައްޤުކަން ދަންނަ ކިތައް ނަފްސެއް، އެ ޙައްޤަށް ތަބަޢަވެ އެ ގޮތުގައި ޤާއިމްވެ ހުރުމަށް ނަފްސު ނޭދެ އެވެ. އެ ޤަބޫލު ކުރުމާއި އޭނާ ދެމެދު ހުރަސް އެޅިފައިވެ އެވެ. އެއަށް ޢަމަލު ކުރުމަށް އޭނާ ދެމެދު އޭނާއަށް ވަނީ ހުރަސް އެޅިފަ އެވެ. ފަހެ، އެއީ ތެދުކަން އޭނާއަށް ފެނުނަސް އެއީ ޙައްޤު ކަމުގައިވެ އެއަށް ތަބަޢަވުމެއް ނެތެވެ.
نسأل الله السلامة و العافية
ފަރުވާކުޑަކޮށްފައިވާ ޙާލުގައި ކުރާ މީހުންނަށް އޮތް ޙާލަތަކީ މި އެވެ.
ނަމާދު ނުކުރާ މީހާއަށް އޮންނާނެ ޙާލަތަކީ އެހިނދު ކޮބައިތޯ އެވެ؟
[ޛިކުރު ކުރުމުގެ ބާރު ގަދަކަމެވެ.]
الامام الن القيم -رحمه الله- ވިދާޅުވެފައިވެ އެވެ.
«ޛިކުރު ކުރުމަކީ އަޅާ އާއި ޖަހަންނަމަ އާ ދެމެދުގައި ލެވޭ ފާރެކެވެ. (އަޅާ ޖަހަންނަމަ އަށް ވަނުން ބަންދުކޮށްދޭ ޢަމަލެކެވެ.»
الوابل الصيب ٨٤
އަހަރެމެން ބައްދަލުކޮށްފައި މިވަނީ ޛިކުރު ކުރުމަށް އޮތް އެންމެ މަތިވެރި މާތް މޫސުމެވެ.
އަމަލު ގިނަކުރުން ވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރެއިން ދުވަހެކެވެ.
ޙުކުރު ދުވަހެކެވެ.
ހުކުރު ދުވަހުގެ އަޞްރުފަހުން އިރު އޮއްސުމަށް ކުޑަތަންވަނީ އެވެ.