salafimv | Unsorted

Telegram-канал salafimv - Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

1240

Connecting People to the Major Scholars of the Ummah! Quran & Sunnnah as understood by the Companions (رضي الله عنهم) https://salafi.mv

Subscribe to a channel

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އަބާއްޖަވެރިއަކީ އެއީ އެވެ.]

الحافظ ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ.

«އަބާއްޖަވެރިއަކީ، الله އޭނާއަށް ފާފަ ނުފުއްސަވައި ދެއްވާނެ ކަމުގައި ހީކޮށްފި މީހާ އެވެ.»

لطائف المعارف -٣١٠

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އެ ދުވަހުގައި އެންމެ ގިނައިން ކިޔުމަށް ވާރިދުވަނީ …………]

رسول الله -صلى الله عليه وسلم -ޙަދީޘް ކުރެއްވި އެވެ.

«ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާއަށް ވުރެ ކުރިން އިސްވެދިޔަ ނަބީ ބޭކަލުން (ޢަރަފާތް ދުވަހުގައި) ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ

لا اله الا الله وحده لا شريك له ، له الملك و له الحمد وهو على كل شيئ قدير)

السلسلة الصحيحة : ١٥٠٣

ފަހެ ، އެ ދުވަހުގައި ކިޔުމަށް މިއަށްވުރެ ހެޔޮ ޛިކުރެއް ނުވަތަ ތަސްބީޙައެއް ނުވަތަ ތަހުލީލެއް އޮތްނަމަ، ނުވަތަ އާޔަތެއް އަދި ސޫރަތެއް އޮތްނަމަ، އެވެސް ނަބިއްޔާ ބަޔާން ކޮއްދެއްވީހެވެ.

ވުމާއެކު، މިއީ އެދުވަހުގައި ކިޔުމަށް އޮތް އެންމެ ހެޔޮ މޮޅުއިތުރުވެގެންވާ ބަސްފުޅުކަން އެނގިގެން ދެ އެވެ.

ގިނައިން - ވީހާވެސް ގިނައިން މި ޛިކުރު ކިޔުން ހުއްޓެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ހިތުގެ ފަރުވާއަށް ޤުރުއާންފަދަ އެއްޗެއް ނުވެ އެވެ.]

العلامة الشيخ ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

«ޑަކްޓަރުން ތިބާ ހިތުގައިވާ -ބަލިކަން- ފިލުވުމަށް ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވީނަމަވެސް ، -ހިތުގައިވާ ބަލިކަން- ފިލުވުމަށް ޤުރުއާން ފަދަ ޤުރުއާން އާ އެއްފަދަ އެއްޗެއް ތިބާއަށް ނުފެންނާނެ އެވެ.»

شرح الكافية الشافية ١-١٩٨

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރުން - ޙަރުބީ ކާފަރުން ނޫން ފަރާތްތަކަށް އުޟްޙިއްޔާގެ މަސް ދެވޭނެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 57

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރުން - ޙަރުބީ ކާފަރުން ނޫން ފަރާތްތަކަށް އުޟްޙިއްޔާގެ މަސް ދެވޭނެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 56

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރުން - ޙަރުބީ ކާފަރުން ނޫން ފަރާތްތަކަށް އުޟްޙިއްޔާގެ މަސް ދެވޭނެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 55

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އެއް ހާސް ހެޔޮކަން އެމީހަކަށް ޙާޞިލްވެ ދިއުމަށް ނޭދެނީ ކާކު ހެއްޔެވެ؟]

ދުވާލަކު 100 ފަހަރު ތަސްބީޙަ ކިޔުން އެއީ އެމީހަކަށް އެއްހާސް ހެޔޮކަން ލިޔެވިގެން ދިއުން ކަމުގައި ނަބިއްޔާ . ޙަދީޘް ކުރެއްވި އެވެ.

މިފަދައިން الإمام مسلم ޞަޙީޙުގައި 2698 ގައި ރިވާކުރައްވާފައިވެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ފަހު ޒަމާނުގައި މިފަދަ ޙަޤީޤަތް ލޯމައްޗަށް ވަންހަނާ ވެފައިވާ ބޭރު ފުށް ރީތި ވެފައިވާ- މީސްތަކުން އެއަށް ލެނބިގެން ދާނެ އެތައް ވިޔަފާރި އޭ ބުނެ ، ޢްމްލުތައް ހިންގާނެ އެވެ.]


ސޯޝަލް މީޑިޔާގައި މިއަދު ޢާންމުވެފައިވާ ޖުވާގެ ސިފައިގެ ތެރޭގައި ހިމެނޭ ސިފައެއް، ސަމާލުކަން ގެނައުމަށްޓަކައި ބަޔާން ކުރަމެވެ.

އެއީ، ކުންފުނި ތަކާއި، ފިހާރަތަކުން އަދި އެކިއެކި މުދާތައް ވިއްކާ ފަރާތްތަކުން އިނާމް ތަކެއް ދިއުމަށް އިސްތިހާރު ކުރެ އެވެ.

އަދި އެފަރާތްތަކުން ކަނޑައަޅާފައިވާ ޝަރުޠަކީ، އެ އިނާމް ހޯދުމަށްޓަކައި ބައިވެރި ވުމުގެ ގޮތުން އެ އިސްތިހާރު ނުވަތަ ފިހާރަ ނުވަތަ ކުންފުނި ޝެއާ ކުރުމެވެ. ނުވަތަ އެ އެހެންމީހުންނަށް ފޯރު ކޮށްދިނުމެވެ. ރީޓްވީޓް ނުވަތަ ޝެއާ ކޮށްދިނުމެވެ.

ނުވަތަ އެހެން ބަޔަކަށް ޓެގްކޮށް، އެ ގޮތުން 2 މީހަކަށް ޓެގްކޮށް އެ ދެމީހުންވެސް އެ ފިހާރައިގެ ނުވަތަ ކުންފުނީގެ ސޯޝަލް މީޑިޔާ ފޮލޯ ކުރާ ބަޔަކަށް ވުމެވެ.

މިތަނުގައި ލޮލަށް ނުވަތަ އަތް ލެވޭގޮތަށް ކުންފުންޏަށް އެއްޗެއް ދެވޭތަނެއް ނުފެނުނު ކަމުގައިވީނަމަވެސް އެ ކުންފުންޏަށް އޭނާގެ އަތުން، އޭނާގެ ފަރާތުން އެއްޗެއް އެބަ ދެވެ އެވެ.

ފަހެ، އެހެން ބަޔަކަށް އެ ޕްރޮމޯޓު ކުރުމުން، ނުވަތަ ޝެއާރ ކުރުމުން ކުންފުންޏަށް އޭގައި މަންފާއެއް އެބަ ލިބެ އެވެ. ނުވަތަ އެ ހަދިޔާ މި ލިބެނީ ކަމެއް ކޮށްދިނީމަ އޭގެ ބަދަލުގަ އެވެ.

ވުމުން އޭނާ ކުރަން ޖެހޭ މަސައްކަތެއްވެ އެވެ. އަދި އޭގައި ކުންފުންޏަށް މަންފާއެއްވެސް އެ މީހާގެ ފަރާތުން ލިބެ އެވެ. ފައިސާއިން ލިޔެފައި ނެތަސް އެއީ ކުންފުންޏަށް ލިބޭ މަންފާ އެކެވެ.
ވުމުން، ކަމެއް ކޮށްދިނުމުން އޭގެ ބަދަލުގައި ދެވޭ އެއްޗެއް ކަމުގައި މެނުވީ މި ހަދިޔާ ނުވެ އެވެ.

ވުމުން އެކަކު މިފަދައިން، ދެވަނަ މީހަކު، ތިންވަނަ މީހަކު މިފަދައިން ބައިވެރިވެ އެވެ. ނުވަތަ އެތައް ސަތޭކަ، އެތައް ހާސް ބައެއް އޭގައި ބައިވެރިވެ އެވެ.

އެއިން ކޮންމެ މީހެއްގެ ފަރާތުން ކޮންފުންޏަށް ވަނީ އެއްޗެއް ލިބިފަ އެވެ.
އެ އެންމެންގެ މެދުގައި އެއަށްފަހު ޤުރުއަތުލައި އެމީހުންގެ ތެރެއިން މީހަކު ހޮވައި އެ ހަދިޔާ ދެވުމުން އެވަންނާނީ ޖުވާގެ ސިފަތަކުގެ ތެރެއިން ޞޫރައަކަށެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

01- ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވެއްޖެހިނދު ޢަމަލު ކުރާނީ ކިހިނެތް؟ الإمام ابن العُثَيمِين -رحمه الله-

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޙައްޖުވެރިން ފިޔަވައި އެހެނިހެން ފަރާތްތައް ޢަރަފާތް ދުވަހުގައި ރޯދައަށް ތިބުން ސުންނަތްވެގެންވާކަން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 53

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެހިނދު ............]

العلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.

" ހުކުރު ދުވަހަކާއި ޢީދު ދުވަސް ދިމާވެއްޖެނަމަ، ކޮންމެހެންވެސް ހުކުރު ޤާއިމް ކުރަންޖެހޭނެ އެވެ. ހުކުރު ޖަމާޢަތް ޤާއިމްކުރުން ދޫކޮށްލެވިގެން ނުވާނެ އެވެ. ކޮންމެހެންވެސް ހުކުރު ޖަމާޢަތް ޤާއިމް ކުރަން ޖެހޭނެ އެވެ.

އެހެނަސް (ޢީދު ނަމާދަށް ޙާޟިރުވި) މައުމޫނުންނަށް އިޚްތިޔާރު ކުރުންވެ އެވެ. ބޭނުން ކަމުގައިވާނަމަ ހުކުރު ޖަމާޢަތަށް (އިމާމް އާ އެކުގައި) ހުކުރު ކުރުމަށް ޙާޟިރުވާނީ އެވެ. އަދި ހުކުރު ކުރާނީ އެވެ. އެހިނދު އެބައިމީހުންނަށް ހުކުރު ކުރުމުގެ އަޖުރުވެ އެވެ.
އަދި (ޢީދު ނަމާދަށް ޙާޟިރުވި ފަރާތްތަކަށް) ޢީދު ޖަމާޢަތަށް ޙާޟިރުވުން (ހުކުރު ޖަމާޢަތް ދޫކޮށް) ފުއްދައިލެވިދާނެ އެވެ. އަދި އެހިނދު މެންދުރު ނަމާދު ކުރުންވެ އެވެ.

އެހެނަސް (ދަންނަ އެވެ.) ޢިލްމު ޙާޞިލްކުމުގައިވާ ބައެއް ފަރާތްތަކަށް ނިސްބަތް ކުރެވިފައިވެ އެވެ. ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވެއްޖެނަމަ، (އެދުވަހު ޢީދު ނަމާދަށްފަހު) އެބައިމީހުން މިސްކިތްތައް ހުޅުވަނީ މެންދުރު ނަމާދު ކުރުމަށެވެ. އަދި ބަންގި ގޮވަނީވެސް މެންދުރު ނަމާދަށެވެ. މިއީ ކުށެކެވެ. ހުކުރު ދުވަހުގައި މިސްކިތައް ހުޅުވުން އޮތީ މެންދުރު ނަމާދަށް ނޫނެވެ. އަދި ބަންގި ގިޮވާ މީހާ ބަންގި ގޮވުންވަނީ މެންދުރު ނަމާދަށް ނޫނެވެ.

އާއެކެވެ! ފަރުދީ ގޮތުން، ވަކިވަކިން (ހުކުރު ޖަމާޢަތް ދޫކޮށް މެންދުރު ނަމާދު ކުރަން ބޭނުންވާ މީހަކަށް) އެފަދައިން އިޚްތިޔާރުވެ އެވެ. އެހެނަސް ޤައުމުގެ މީސްތަކުން ޖަމަޢަވެ މެންދުރު ކުރުމެއް ނުވެ އެވެ. އެބައިމީހުން ޖަމަޢަވެ ޤާއިމްކުރުން އޮތީ ހުކުރު ނަމާދެވެ. އާނއެކެވެ."

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ގޮތުގައި ޤުރުބާން ކުރާ އެތީގެ މަހުން މިންވަރެއް ޞަދަޤާތްކުރުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 52

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އަޅުކަން ކުރާ ތަންތަނުގައި އަދި އަޅުކަން ކުރާހިނދު ފޮޓޯ ނެގުން]

الإما ابن العُثيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

"ޙައްޖުވެރިޔާ އަޅުކަން ކުރުމަށް ކަނޑައެޅިފައިވާ ތަންތަނުގައި ނަގާ ފޮޓޯ 2 ވަޖުހަކުން ހުއްދައެއް ނުވާނެ އެވެ.

ފުރަތަމަ ވަޖްހަކީ : އެބައިމީހުން އެކަން ކުރަނީ އެ ޞޫރަތައް ރައްކާކޮށް ޛިކުރާއެއްގެ ގޮތުގައި ބެހެއްޓުމަށެވެ. ފަހެ، ނެގޭ ފޮޓޯއެއްގެ ޤަޞްދުކަމުގައިވަނީ އެ ފޮޓޯ ޛިކުރާއެއްގެ ގޮތުގައި ބެހެއްޓުން ކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން އެއީ ޙަރާމްވެގެންވާ ކަމެކެވެ.

ދެވަނަ ވަޖްހަކީ : ގިނަ ފަހަރު މިކަންތައް ދެއްކުންތެރިކަމުން ސަލަމާތެއް ނުވާނެ އެވެ. ސަބަބަކީ، އިންސާނަކު މި ފޮޓޯ ނަގަނީ މީސްތަކުންނަށް އޭނާ ޙައްޖު ކޮށްފިކަން ދެއްކުމަށްްޓަކަ އެވެ.

مجموع الفتاوى

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޔަހޫދީންނާ މެދުގައި މުސްލިމަކު ހެޔޮކޮށް ދެކޭނީ ކިހިނެތް ހެއްޔެވެ؟]

އިމާމް شيخ الإسلام ابن تيمية -رحمه الله - ވިދާޅުވެފައިވެ އެވެ.
"ޔަހޫދީންނަކީ އެބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ނަބީބޭކަލުންނަށް ރުޅިވެރިކަމުގައިވީ ބައެކެވެ. ފަހެ، (އެހެންވުމުން) އެ ޔަހޫދީން މުއުމިނު އަޅުތަކުންގެ މައްޗަށް ރުޅިވެރިކަން އޮންނާނެ މިންވަރަކީ ކޮބައި ހެއްޔެވެ؟"

الجواب الصحيح (١١٠/٣)

ލައުނަތުގެ އުއްމަތެކެވެ. ޚާލިޤްވަންތަ އިލާހުއަށް ބަދުބަސް ބުނެފައިވާ މުޑުދާރު އުއްމަތެކެވެ.
ޚާލިޤްވަންތަ އިލާހާއި މެދުގައި، ރަސޫލުންނާއި ނަބިއްޔުންނާއި މެދުގައި މުޢާމަލާތް ކުރީ މިފަދަ އިންނެވެ. ޔަހޫދީންގެ މައްޗަށް ހެޔޮކޮށް ދެކެނީ ކިހިނަކުން ހެއްޔެވެ؟

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މިފަދަ ޢައިބުވެފައިވާ ތަކެއްޗަކީ އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ ތަކެއްޗެއް ނޫނެވެ. އެހެނަސް އޭގެ މަސްކެއުމަށްޓަކައި ބަކަރީގެ ގޮތުގައި، ގެރީގެ ގޮތުގައި ނުވަތަ ކަންބަޅީގެ ގޮތުގައި ކަތިލުން ހުއްދަވާނެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޤުރުބާން ކުރާ ތަކެއްޗަށް ރަޙުމް ކުރުން ހުއްޓެވެ.]

الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ.

«ޤުރުބާން ކުރާ އެތީގެ ކުރިމަތީގައި -އެއަށް ފެންނަ ގޮތަށް- ވަޅި ތޫނު ނުކުރުން މުސްތަޙައްބުވެގެން ވެ އެވެ.

އަދި އެކައްޗަށް ފެންނަ ގޮތަށް ހުރެ އަނެކަތި ކަތިނުލުން ވެސް މުސްތަޙައްބުވެގެންވެ އެވެ. »

شرح النووي - صحيح مسلم - 13-107

އެއް ނަޢަމް ސޫފިއަށް ފެންނަ ގޮތަށް އަނެއްް ނަޢަމް ސޫފި ކަތި ލުމަކީ މިއަދު އެއްވެސް ގޮތަކަށް ފަރުވާލެއްް ބެހެއްޓޭ ކަމަކަށް ނުވެ އެވެ.

ބަކަތި ތައް ތިބޭ ކޮށީގެ އަރިމައްޗެއްގައި އެހެން އެއްްޗަށް ފެންނަ ގޮތަށް ކަތިލުމާއި، ބަކަރި ތަކަށް ފެންނަން ހުއްޓާ ކަތިލުން ޢާންމުވެފައި ވެ އެވެ.

ކަތިލެވޭ އެއްޗަށް ރަޙުމް ކުރުން ހުއްޓެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

]އެ ދުވަހުގެ ފަޟްލުގެ ބޮޑުކަމާ އެވެ[

الحافظ ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ.

«ބުނެވެ އެވެ. ޢަރަފާތް ދުވަހަކީ އެ ދުވަހުގެ މާތް ކަމާއި މަތިވެރިކަމުގައި ދިހަ ހާސް ދުވަހާއި އެއްފަދަ ދުވަހެކެވެ.»

لطائف المعارف - ٤٨٩

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

]ސުންނަތް ރޯދައިގެ ތެރޭގައިވާ އެންމެ މާތް ރޯދަ[

الشيخ العلامة عبد الله البسام - رحمه الله- ވިދާޅުވެފައިވެ އެވެ.

«އެންމެހައި ޢިލްމުވެރިންގެ އިޖްމާޢުއިން ސުންނަތް ރޯދައިގެ ތެރެއިންވާ އެންމެ ހެޔޮކަން ބޮޑުވެގެންވާ ރޯދައަކީ ޢަރަފާތް ދުވަހުގެ ރޯދަ އެވެ.»

توضيح الاحكام من بلوغ المرام ٢-٥٢٠

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

https://abuanasmv.com/?p=5337

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޝެއިޚް އަބޫ އަނަސް މުޙައްމަދު ޙަސަން حَفِظَهُ الله ގެ
މިސްކިތު ދަރުސްތައް ދެން އޮންނާނީ ޢީދު ފަހުން ނެވެ.

وفقكم الله

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އެއީ ކުދި ފާފައެއް - މިފަދައިން ދެކި އޭގެ އަވައިގައި ނުޖެހުން ހުއްޓެވެ.]

ޞަޙާބީ أبوبكر الصديق -رضي الله عنه- ވިދާޅުވެފައިވެ އެވެ.
"ހަމަކަށަވަރުން ﷲ ތަޢާލާ ބޮޑެތި ފާފަ ފުއްސަވަ އެވެ. (މިފަދައިން ޤަބޫލުކޮށް) ތިޔަބައިމީހުން ނާ އުއްމީދު ނުވާށެވެ.
އަދި އެކަލާނގެ ކުދި ފާފަތަކަށް ޢަޛާބު ދެއްވަ އެވެ. ފަހެ، (އެހެންވުމުން) ތިޔަބައިމީހުން އެއީ (ކުދި ފާފައޭ ބުނެ) އޭގެ އަވައިގައި ޖެހިގެން ނުދިއުން ހުއްޓެވެ."

شرح البخاري لإبن بطال 1-324

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރުން - ﷲގެ ހަޟުރަތުން ތަޤްވާ ޙާޞިލް ކުރުމަށް އޮތް އަޅުކަމެއް ގޮތުގައިވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 54

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

02- ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވެއްޖެހިނދު ޢަމަލު ކުރާނީ ކިހިނެތް؟ الإمام ابن العُثَيمِين -رحمه الله-

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ކުލާސް ވަގުތުން އަޑުއެހުމަށް :

https://us02web.zoom.us/j/84744175786?pwd=RVLGKN9MXZbkoDc92aebSKQszckHly.1

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވެއްޖެހިނދު ޢަމަލު ކުރާނީ ކިހިނެތް؟ الإمام ابن باز -رحمه الله-

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މިރޭ 8:15 ގައި - القارعة ސޫރަތުގެ ތަފްސީރުގެ ދެވަނަބައި އޮންނާނެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެހިނދު ............]

الإما ابن العُثيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

"ހުކުރު ދުވަހެއް ޢީދު ދުވަހަކާ ދިމާވެއްޖެހިނދު، އެގޮތުން ފިޠުރު ޢީދު ނުވަތަ އަޟްޙާ ޢީދު ހުކުރު ދުވަހަކާއި ދިމާވީ އެވެ. ފަހެ، އެހިނދު، ޢީދު ނަމާދު ކުރުން ވާޖިބުވެގެންވެ އެވެ.
އަދި ހުކުރު ނަމާދު ކުރުުުުުުުުންވެސް ވެ އެވެ.

އަދި ޢީދު ނަމާދުގައި ޢީދު ނަމާދަށް ޙާޟިރުވި ފަރާތްތަކަށް ބަޔާންކުރުންވެ އެވެ. "ބޭނުންވާ މީހަކު ހުރުނަމާދަށް ޙާޟިރުވުންވެ އެވެ.

އަދި ބޭނުންވާ މީހަކު -ހުކުރު ނަމާދަށް ޙާޟިރުނުވާނަމަ- އޭނާގެ ގޭގައި އޭނާ މެންދުރު ނަމާދު ކުރުން ހުއްޓެވެ. މިއީ މި ދުވަހުގައި ޢަމަލުކުރުމަށް އޮތް ގޮތް ޚުލާޞާކޮށެވެ."

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

މި އެންމެހައި ދުވަސްތަކެއްގައި އުޟްޙިއްޔާ ޤުރުބާން ކުރެވޭނެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 51

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާގެ ވެރިޔާއަށް އޭނާގެ އުޟްޙިއްޔާގެ އެއްވެސް މިންވަރެއް ވިއްކުން ހުއްދައެއް ނުވާނެ އެވެ. އޭނާއަށް އޮތީ ޞަދަޤާތް ކުރާނަމަ އެފަދައިން ހޭދަކުރުމެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 51

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ﷲ ގެ ވަޢުދުފުޅެއް ވުމުން - އެކަން އަޅާއަށް ލިބޭނެ ކަމާއިމެދު ކުޑަވެސް ޝައްކެތްނެތެވެ.]

ފުރަތަމަ ވަޢުދުފުޅު : ( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) އަދި ތިޔަބައިމީހުންގެ ވެރި އިލާހު، ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހުއަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."

ދެވަނަ ވަޢުދުފުޅު : (فَاذْكُرُونِي أَذْكُرْكُمْ ) "ފަހެ، ތިޔަބައިމީހުން ތިމަންއލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."

ތިންވަނަ ވަޢުދުފުޅު : (لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ) : "ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ."

ހަތަރުވަނަ ވަޢުދުފުޅު : (وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ) " އަދި އެބައިމީހުން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެބައިމީހުންނަަކަށް ޢަޛާބެއް ނުދެއްވާނެތެވެ."

ޔަޤީންކުރާށެވެ! މިއީ ﷲގެ ވަޢުދުފުޅެވެ. އެ ވަޢުދުފުޅުތައް އެގޮތުގައި ފުރިހަމަވެގެންދާނެ އެވެ. އެއީ ކަށަވަރު ކަމެކެވެ.
ފަހެ، ﷲ ތަޢާލާ އެކުގައި ދެމިހުރުން ހުއްޓެވެ. އެއިލާހު ތިބާއާ އެކުގައި ވޮޑިގެންވާނެ އެވެ.

Читать полностью…
Subscribe to a channel