salafimv | Unsorted

Telegram-канал salafimv - Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

1240

Connecting People to the Major Scholars of the Ummah! Quran & Sunnnah as understood by the Companions (رضي الله عنهم) https://salafi.mv

Subscribe to a channel

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

]ޢީދުގައި ޒީނަތްތެރިވުން އޮތީ…….[

الحافظ ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ.

«ފަހެ، ޢީދު ދުވަހުގައި އެފަދައިން ޒީނަތްތެރިވުން ކަނޑައެޅިފައިވަނީ، ޢީދު ނަމާދަށް ނުކުންނަ މީހާ އާއި ގޭގައި އިންނަ މީހާވެސް މެ އެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިންވެސް އެފަދައިންނެވެ.»

فتح الباري ٨-٤٢٠

ފަހެ، ކުޑަކުދިންނަށްވެސް މިއީ ފާޅުކުރުން އޮތް ޝިޢާރެކެވެ.

ޢީދުވުމުން އަންހެނުންވެސް ޢީދު ވުމުން އެކަމުގެ އުފަލުގައި ޒީނަތްތެރިވުން ވެ އެވެ. އެއީ އިސްލާމީ ޝަޢާއިރެކެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޢީދުގައި ޒީނަތްތެރި ވުމާއި ހުވަދުލުން]

އިމާމް مالك -رحمه الله- ވިދާޅުވެފައިވެ އެވެ.

«ޢިލްމުގެ އަހުލުވެރިން ވިދާޅުވާ އަޑު އެހީމެވެ. ޢީދުގައި ޒީނަތްތެރި ވުމާއި ހުވަދުލުން މުސްތަޙައްބު ކަމެއްގެ ގޮތުގައި ޢިލްމުގެ އަހުލުވެރިން ދެކެވަޑައިގަންނަވަ އެވެ.»

المغني - ابن قدامة ٢-٢٧٤

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

]ޢީދުގައި ބައްދަލުވާހިނދު ……….]

ޞަޙާބީ جبير بن نفير -رضي الله عنه- ވިދާޅުވެފައިވެ އެވެ.

«ޢީދު ދުވަހުގައި ނަބިއްޔާގެ އަޞްޙާބު ބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކާ ބައްްދަލުވާހިނދު تَقَبَّلَ الله منا ومنكم - ވިދާޅުވެ އެވެ.»

الفتح -٢-٤٤٦ - قال ابن حجر - اسناده حسن

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އުޟްޙިއްޔާގެ މަސް ދެވޭނީ ކޮންބަޔަކަށް؟]

الإِمَام عَبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޙަރުބީ ކާފަރަކަށް (މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށް، މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ކާފަރުންނަށް) އުޟްޙިއްޔާގެ މަހުން ދެވިގެން ނުވާނެ އެވެ.

އެހެނީ އެމީހުންނާ މެދު ކަންތައް ކުރުން ވާޖިބުވެގެންވާ ގޮތަކީ، އެމީހުންނަށް އިހާނަތަކަށްވާ ގޮތުގައި، ދެރަ ނިކަމެތިކަމާ އެކުގައި ބަލިކަށި ކޮށްލުމެވެ.
އެއްވެސް ޙާލެއްގައި އެހީތަކުން ތަނަވަސްކޮށްދީ ބާރުދިނުމެއް ނޫނެވެ.“

فتاوى اللجنة الدائمة 11-424

އަދިވެސް ވިދާޅުވެފައިވެ އެވެ.

”އުޟްޙިއްޔާގެ މަސް ކާފަރު މުޢާހިދަށް އަދި ކާފަރު އަސީރަށް ދިނުން އަހަރެމެންނަށް ހުއްދަވެގެންވެ އެވެ.

އަދި އުޟްޙިއްޔާގެ މަސް އެފަދަ ފަރާތަށް އޭނާގެ ފަޤީރު ކަމަށްޓަކައި ނުވަތަ ތިމާގެ ކަމަށްޓަކައި ނުވަތަ އަވަށްޓެރިއެއްގެ ގޮތުގައި ވުމުން ނުވަތަ އިސްލާމްދީނަށް އޭނާގެ ހިތް ޖެއްސުމަށްޓަކައި އަހަރެމެން އެމީހުންނަށް ދިނުންވެސް ހުއްދަވެގެންވެ އެވެ.“

فتاوى اللجنة الدائمة 11-424

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

އުޟްޙިއްޔާ ޤުރުބާން ކުރާހިނދު - ނަޢަމް ސޫފިއަށް އެންމެ ލުއި ފަސޭހަވެގެންވާ ގޮތާއި އަދި ކަތިލާ މީހާއަށް އެންމެ ލުއިވެގެންވާ ގޮތުގައި ޤުރުބާން ކުރެވޭ ސިފަ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 67

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ދުޢާގެ މަޤާމް ދަނެ، ދުޢާކުރުން ގިނަކުރުން ހުއްޓެވެ.]

العلامة ناصر السعدي -رحمه الله - ވިދާޅުވެފައިވެ އެވެ.

”ދުޢާ އަކީ އާރާއި ބާރުގަދަ އަދި ދެރަ ނިކަމެތި މީހުންގެވެސް ހަތިޔާރުކަމުގައިވެ އެވެ.

އެއީ ނަބިއްޔުންނާއި ﷲ އަށް ބިރުވެތިވާ ހެޔޮލަފާ ތަޤްވާވެރިންގެ ހިތްހަމަޖެހުން ލިބެނިވި އެއްޗެއް ކަމުގައިވެ އެވެ.

އަދި ދުޢާއަކީ އެންމެހައި ބަލާތަކެއްގެ ދިފާޢުކޮށްދިނުމުގައި ދެމިހުންނަ (އަށްޑަނަ) ގޮތުގައިވެ އެވެ.“

مجموع مؤلفاته ٢٣/٧٣٦

ދުޢާ ކުރުމަށް މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ދުވަހެވެ. ދުޢާ ކުރުމުގައި ދެމިހުރުން ހުއްޓެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޢީދު ދުވަހުގައި ޢަމަލު ކުރާނީ ކިހިނެތް"

ޞަހާބީ ابن عمر -رضي الله عنهما- ًޢިދު ދުވަހުގައި ޢަމަލުފުޅު ކުރައްވާގޮތް ބަޔާންކުރެވިގެންވެ އެވެ.

ފަތިސް ނަމާދުން ފައިބައިވަޑައިގެންނެވުމަށްފަހު، ގެކޮޅަށް ވަޑައިގަންނަވަ އެވެ. އަދި ޖުނުބުވެރިޔާ ހިނައިވަޑައިގަންނަ ފަދައިން ހިނައިވަޑައިގަންނަވަ އެވެ. އަދި އަތްޕުޅުގައިވާ އެންމެ ރިވެތި ފެރޭތަން ތުރުކުރައްވައި، އަތްޕުޅުގައިވާ އެންމެ މީރުވަސްދުވާ ހުވަދު ބޭނުން ކުރައްވަ އެވެ.

އަދި އެއަށްފަހު ޢީދު ނަމާދު ކުރާ މުޞައްލާއަށް ވަޑައޮިގަންނަވައި އިމާމް ވަޑައިގަންނަވަންދެން އިށީދެއިންނަވަ އެވެ.

އަދި އިމާމް އެކުގައި ޢީދު ނަމާދު ކުރެއްވުމަށްފަހު، އެނބުރި ވަޑައިގަންނަވަމުން ނަބިއްޔާގެ މިސްކިތްކޮޅަށް ވަދެވަޑައިގަންނަވާ އެތަނުގައި 2 ރަކުޢަތް ނަމާދު ކުރައްވައި އެއަށްފަހު ގެކޮޅަށް ވަޑައިގަންނަވަ އެވެ."

مسند الحارث 3- 95 (1415) - حسن

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޢަރަފާތުގައި ޤުރުއާން ކިޔެވުމަށްވުރެ ޛިކުރު ކުރުމުގައި ޤާއިމްވެހުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ.]

سَمَاحَة الشَّيخ صَالح بن اللحَيدَان -رحمه الله- ވިދާޅުވެފައިވެ އެވެ.

\
”ޢަރަފާތުގައި ހުންނަ މީހާ ޤުރުއާން ކިޔެވުމަށްވުރެ،
ޛިކުރު ކުރުމުގައި ދެމިހުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ.
ކީރިތި ޤުރުއާނަކީ އެންމެ ހެޔޮވެގެންވާ ކަލާމްފުޅު (ބަސްފުޅު ކަމާއި މެދުގައި) އެއްވެސް ޝައްކެތްނެތެވެ.

އެހެނަސް ކޮންމެ ތަނަކަށް އެތަނަކަށް ޚާއްޞަވެގެންވާ ކަންތައްތަކެއްވެ އެވެ. ނަބިއްޔާ  ޙަދީޘްފުޅު ކުރެއްވި އެވެ.

”އެންމެ ހެޔޮވެގެންވާ ދުޢާ އަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށްވުރެ ކުރިން އިސްވެދިޔަ ނަބިއްޔުން ޢަރަފާތް ދުވަހުގައި ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ މިއެވެ.

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَشَرِيْكَ لَهُ، لَهُ المُلْكُ،
وَلَهُ الحَمْدُ، وهُوَ عَلَى كُلِّ شَيْءٍ قدير“

حقيقة الحج والإستعدادات اللازمة له

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ދުޢާ ކުރާ މީހާ އޭނާ ދުޢާ ކުރާހިނދު ޞަލަވާތް ކިޔެވުމުގެ މުހިންމުކަން]

عمر بن الخطاب -رضي الله عنه- ވިދާޅުވެފައިވެ އެވެ.
އަޅާ ކުރާ ދުޢާވަނީ އުޑާއި ބިމާ ދެމެދު ހިފެހެއްޓިފަ އެވެ. ތިބާގެ ނަބިއްޔާއަށް ޞަލަވާތް ކިޔެވުމަށް ދާންދެން އެއިން ދުޢާއެއް އުޑުތަކުގެ މައްޗަށް (ﷲ ގެ ޙަޟުރަތަށް) އުފުލިގެން ނުދާނެ އެވެ." صحيح الترغيب 1676

شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ.
”ހަމަކަށަވަރުން ދުޢާކުރަން ފަށާހިނދު، ދުޢާ ގެ މެދުތެރެއިން އަދި ދުޢާއަށް ފަހު (އަތްތިރިކޮށް ދުޢާކޮށް ނިންމާލުމުގެ ކުރިން) ނަބިއްޔާ ﷺ އަށް ޞަލަވާތް ކިޔެވުމަކީ އެހެނިހެން އެންމެހައި ދުޢާތަކަށްވުރެ އެފަދަ ދުޢާ އިޖާބަކުރެވިގެން ދިއުމަށް އޮތް އެންމެ ބާރުގަދަ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.“
اقتضاء الصراط٢٤٩/٢

ވުމާއެކު، ދުޢާ ކުރުމުގައި ޚާއްޞަކޮށް ދުޢާ ނިންމާލާހިނދު ނަބިއްޔާއަށް ޞަލަވާތް ކިޔުމަށްފަހު ނިންމާލުން އެދެވިގެންވެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

-މަތީގައިވާ ލިޔުމުގައި އެވަނީ ޤުރުއާނާއި ސުންނަތުން ވާރިދުވެގެންވާ ދުޢާތަކެވެ.

ސުންނަތުން ޞައްޙަ ވެގެންވާ މާތް ނަބިއްޔާ صلى الله عليه وسلم - ކުރެއްވި ދުޢާ ތަކެވެ.

الله ތަޢާލާ މި ދުޢާތައް އެކަލާނގެ ނަބިއްޔާ އަށް އުނގަންނަވައި ދެއްވުމުން އެ ދުޢާއެއްގެ މަޤާމް ބޮޑުވެގެން ނުވޭހެއްޔެވެ.

މިފަދަ ދުވަހެއްގައި މި ދުޢާތަށް ކިޔުން ނުހަނު އެދެވިގެންވެ އެވެ.

އަޅަކު ދުނިޔެ އަދި އާޚިރަތުގައި އެދޭނެ އެންމެގައި ދުޢާތަކެއް ކަލިމަތަކެއް ބަސްތައް މި ދުޢާތަކުގައިވެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގެ މަތިވެރިކަން - ދެ އަހަރު ދުވަހުގެ ކައްފާރާއެއްގެ މުރާދަކީ ކޮބާ؟

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 64

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގެ މަތިވެރިކަން ދުނިޔޭގެ އެންމެހައި ކަންކޮޅު ތަކުގައިވާ މުސްލިމުންނަށް ޙާޞިލްވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 62

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ނަބިއްޔާ محمد -صلى الله عليه وسلم- ގެ އުއްމަތުގެ ފަޟްލުބޮޑުވެގެންވެ އެވެ.]

الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ.

"(ޢާޝޫރާ ދުވަހުގެ ރޯދައިގެ ކައްފާރާ އެއް އަހަރު ކަމުގައިވެ، ޢަރަފާތް ދުވަހުގެ ރޯދައިގެ ކައްފާރާ 2 އަހަރުގެ ގޮތުގައި ކަނޑައެޅިފައިވުން) އޭގެ ޙިކްމަތުގެ ގޮތުގައި ބުނެވެ އެވެ.
އެއީ، ޢާޝޫރާ ދުވަސް ނިސްބަތް ކުރެވެނީ موسى -عليه السلام- އަށެވެ. އަދި ޢަރަފާތް ދުވަސް ނިސްބަތްވެގެންވަނީ النبي -صلى الله عليه وسلم- އަށެވެ. ވުމުން، އެގޮތުން ފަޟުލުކަން އެއަށްވުރެ ބޮޑުވެގެންވެ އެވެ."

فتح الباري 4-249

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ވަރަށްވެސް ގިނަ ޢިލްމުވެރިން މި ޢަމަލު ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ޢަމަލެއް ގޮތުގައި ބަޔާން ކުރައްވަ އެވެ.]

الإمام مالك -رحمه الله- ވިދާޅުވެފައިވެ އެވެ.

ޢަރަފާތް ދުވަހުގައި މީސްތަކުން ޢަޞްރުފަހުން މިސްކިތަކަށް ޖަމަޢަވެ، އެބައިމީހުން ޖަމަޢަވެ (އެންމެން އެކުގައި ދުޢާ) ކުރުމާއި މެދުގައި ދެންނެވުނުހިނދު، ވިދާޅުވި އެވެ.

"ތިޔައީ މީސްތަކުންނަށް އޮތް ކަމެއް ނޫނެވެ. ތިޔަ ޢަމަލަކީ މީސްތަކުން ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ބިދުޢަތަކުގެ ތެރެއިން ބިދުޢައެކެވެ."

الحوادث و البدع ص 97

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގައި ރޯދަ ހިފުން-

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 58

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އަޟްޙާ ޢީދުގައި ތަކްބީރު ކިޔުން ……………]

الشيخ محمد بن صالح العثيمين _ رحمه ﷲ_ ވިދާލުވެފައިވެ އެވެ.

«ޢީދުގައި އެންމެން އެއްކޮށް (އެކަކުގެ އަޑުދަށުން) ޖަމާޢަތް ހަދައި ތަކްބީރު ކިޔުމަކީ ޝަރުައު ވެގެންވާ ކަމެއް ނޫނެވެ.

ސުންނަތުގައި ވާރިދުވެގެންވާ ގޮތަކީ ، އަޑު އުފުލައި ތަކްބީރު ކިޔުމެވެ. ކޮންމެ މީހަކުވެސް އޭނާ އަމިއްލައަށް ތަކްބީރު ކިޔުމެވެ.»

مجموع الفتاوى ٢٦٨/١٦

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

]އީދު ދުވަހަައި ހުކުތު ދުވަސް ބައްދަލުވުމުން……]

ޢީދު ނަމާދުގެ ޖަމާއަތަށް ހާޟިރުވި ފަރާތަށް ، ހުކުރު ނަމާދުގެ ޖަމާޢަތަށް ހާޟިރު ވެވޭނެ އެވެ. އަދި އެންމެ މޮޅުއިތުރު ގޮތެވެ.

އަދި ޢީދު ޖަމާއަތަށް ޙާޟިރުވި ފަރާތަށް ހުކުރު ޖަމާޢަތް ދޫކޮށްލުމުގެ އިޚްތިޔާރު އޮންނާނެ އެވެ.

ހުކުރު ޖަމާޢަތަށް ހާޟިރު ނުވާނަމަ، މެންދުރު ނަމާދު ކުރަން ޖެހޭނެ އެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

https://abuanasmv.com/?p=1115


ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 70

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޤުރުބާން ކުރާހިނދު ކިޔާނީ މިފަދައިންނެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 68

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

]އޭގެ މާނަފުންވެގެންވާ ދުޢާ އެކެވެ.]

الإمام ابن القيم -رحمه الله- ޛިކުރު ކުރައްވާފައިވެ އެވެ.

"އުއްމަތުގެ ބައެއް ސަލަފުއް ޞާލިޙުން ކުރެއްވި ދުޢާގެ ތެރޭގައިވެ އެވެ.

اللهم أعِزَّنِيْ بِطَاعَتِكَ وَلاَ تُذِلَّنِيْ بِمَعْصِيَتِكَ

އަޅުގެވެރި އިލާހު! އިބަ އިލާހުއަށް ކިޔަމަންގަތުމުގައި މި އަޅާ ޢިއްޒަތް ކުރައްވާނދޭވެ. އަދި އިބަ އިލާހުއަށް އުރެދި ދިއުމުގައި މި އަޅާ ނިކަމެތި ނުކުރައްވާނދޭވެ."
الداء و الدواء ص 94

ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެއަށް ބޯލެނބުމާއި އެކު ދީނުގައި ދެމިހުރުމަކީ އަޅާއަށް ލިބޭ ޢިއްޒަތެއް ކަމުގައި އެ އަޅެއްގެ ހިތުގައި ނަފްސުގައި ޤާއިމްވެއްޖެނަމަ، އެއީ ކޮންފަދަ ހެޔޮކަން ބޮޑުވެގެންވާ މަގަކަށް ތަޥްފީޤު ލިބިގެންދިޔައީ ތޯ އެވެ!

އަދި ﷲއަށް އުރެދުމަކީ ނަފްސަށް ލިބޭނެ ބޮޑު ނިކަމތިކަމެއް ނަފްސަށް އެނގިބަޔާންވެއްޖެނަމަ، އެއީ ކޮންފަދަ ހެޔޮކަމެއް އެ ނަފްސަށް ފަހުމްވެ ދިޔުން ހެއްޔެވެ؟

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ވިސްނާލުން ޙައްޤުވެގެންވެ އެވެ.]

ދުނިޔޭގެ ހޫނަށްޓަކައި އަހަރެމެން ފަންކާހާއި އެއާކޮންޑިޝަންތައް ހޯދައި، އިރުގެ މި ހޫނުން ރައްކާތެރިކަން ހޯދާފީމެވެ.

ފަހެ، އިރު މޭލެއްހާ ކައިރީގައި ހުންނާނެ ދުވަހަށްޓަކައި، އެ ދުވަހުގެ ގަދަފަދަ ވެގެންވާ ހޫނުން ރައްކާތެރިކަން ހޯދުމަށް ތައްޔާރު ކުރީ ކޯންޗެއް ހެއްޔެވެ؟

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[ޙައްޖުވެރިޔާ އޭނާގެ ޙައްޖު އަޅުކަން އަދާ ކުރުމުގައި ދުޢާ ކުރުމަށް 6 ތަނެއްވެ އެވެ.]

العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

"ދުޢާ ކުރުމަށް -ހުއްޓި ހުރުމަށް- ކަނޑައެޅިފައިވާ 6 ތަނެއް ޙައްޖުވެރިޔާއަށްވެ އެވެ.
ޞަފާ ފަރުބަދަ ކައިރީގައި ހުއްޓި ހުރުމުގައި، އަދި އެފަދައިން މަރުވާ ކައިރީގައި ހުއްޓި ހުރުމުގަ އެވެ. މިއީ ސަޢުޔު ކުރާހިނދު ދުޢާ ކުރުމަށް 2 ތަނެކެވެ.

ޢަރަފާތުގަ އެވެ. އަދި މުޒްދަލިފާގައިވެސް އެވެ. އަދި އެއަށްފަހު ފުރަތަމަ ޖަމްރާ ކައިގައި އާއި ދެވަނަ ޖަމްރާ ކައިރީގައި (މެދު ޖަމްރާ ކައިރީގައި) އެވެ.

މި ބަޔާން ކުރެވުނު 6 ތަނަކީ އެތަންތަނުގައި ނަބިއްޔާ ދުޢާ ކުރެއްވުމަށް ޤާއިމްވެ ހުއްޓިވަޑައިގެންނެވި ތަންތަނެވެ. އެތަންތަނުގައި ދުޢާ ކުރުމަށް ދެމިހުންނެވިކަން ޘާބިތުވެގެންވެ އެވެ."

فقه العبادات 444

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގެ ފަހުކޮޅު އެ ދުވަހުގެ ކުރީ ކޮޅަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 66

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

[އަދަދެއް ބެލުމެއް ނެތި ވީހާވެސް ގިނައިން ކިޔުން ހުއްޓެވެ…………]

رسول الله -صلى الله عليه وسلم -ޙަދީޘް ކުރެއްވި އެވެ.

«ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާއަށް ވުރެ ކުރިން އިސްވެދިޔަ ނަބީ ބޭކަލުން (ޢަރަފާތް ދުވަހުގައި) ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ

لا اله الا الله وحده لا شريك له ، له الملك و له الحمد وهو على كل شيئ قدير)

السلسلة الصحيحة : ١٥٠٣

ގިނައިން - ވީހާވެސް ގިނައިން މި ޛިކުރު ކިޔުން ހުއްޓެވެ.

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގެ މަތިވެރިކަން - ދުޢާ ކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ދުވަހެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 65

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ރޯދައިން ފޮހެވިގެންދަނީ ކުދި ފާފަތަކެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 63

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަސް - ދުޢާ ކުރުމަށް މަތިވެރިވެގެންވާ ދުވަހެކެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 61

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގައި ދުޢާ ކުރުމަށް އެންމެ ހެޔޮވެގެންވާ ވަގުތު

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 60

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގައި ކިޔުމަށް މިއަށްވުރެ ހެޔޮ ވިރުދެއް، ޛިކުރެއް ނުވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 59

Читать полностью…

Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة

ޢަރަފާތް ދުވަހުގައި ރޯދަ ހިފުން- ސުންނަތް ރޯދަ ތެރޭގައިވާ އެންމެ ހެޔޮކަން ބޮޑުވެގެންވާ ރޯދަ އަކީ ޢަރަފާތް ދުވަހުގެ ރޯދަ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 57

Читать полностью…
Subscribe to a channel